އދ. މަހިބަދޫގައި މަހިބަދޫގައި 1000 ރުއް ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ކައުންސިލްގެ ރައީސް އަޙްމަދު ޚަލީލް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް މިއަދު ފެށީ ރަށުގައި ރުއް ގަސް މަދުވުމުގެ ސަބަބުން ހޫނު ގަދަވެ އިތުރު ދަތިތައް ކުރިމަތިވަމުންދާތީ ކަމަށެވެ. އަދު އަމާޒުކޮށްފައިވަނީ 3 މަސް ދުވަސް ތެރޭގައި 100 ރުއްގަސް އިންދުމަށް ކަމަށެވެ.

"މިއީ ރުއްގަހުގެ އައު ޖީލެއް ފެށުމަށް ރަށުގެ ކައުން ސިލުން އިސްނަނަގައިގެން "މާދަމާއަށް ފެހިކުރުން" މިޝިޢާރުގެދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް. ރަށުގައި ހުރި ހުރިހާ މުއައްސަސާތަކުން މި ޕްރޮގްރާމްގައި ބައިވެރިވޭ. ޕްރޮގްރާމަށް ގަސް ހަދިޔާ ކުރީ ދިގުރަށު ކައުންސިލުން" ޚަލީލް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ސްކޫލުގެ ދަރިވަރުން ބައިވެރިކުރައްވައިގެން ކަމަށާއި ޕްރޮގްރާމަށް ރަށުގެ ހުރިހާ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. އަދި އުންމީދަކީ ހިޔާ ލިބޭ ގަސްގަހާއި ކާބޯތަކެތި ލިބޭ ގަސްތަކާއި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވޭނެ ފަދަ ގަސްތައް ވީހައި ގިނައިން އިންދުން ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.