ޢަރަފާތު ދުވަހުވެސް ދުޢާކުރަން ފަށަންވާނީ އަނބިދަރިންނާ މައިންބަފައިންނާ ހަމައިން: ޝައިޚް މަންޞޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޢަރަފާތު ދުވަހުވެސް ދުޢާކުރަން ފަށަންވާނީ އަނބިދަރިންނާ މައިންބަފައިންނާ ހަމައިން: ޝައިޚް މަންޞޫރު

މާދަމާއަކީ ޙުރުމަތްތެރިވެގެންވާ ދުވަސްތަކުގެ ތެރެއިން ވެސް އެންމެ ޙުރުމަތްތެރިވެގެންވާ ދުވަހެވެ. ﷲ ތައާލާ އެންމެ ގިނަ ބައެއްގެ ފާފަ ފުއްސަވައިދެއްވަވާ ދުވަހެވެ. އެންމެ ގިނަ ބައަކު ނަރަކައިން ސަލާމަތްކުރައްވަވާ ދުވަހެވެ. މާތްކަން އިތުރުވެގެންވާ ޢަރަފާތު ދުވަހެވެ. 

ވީމާ ވީހައި ގިނައިން އެދުވަހު ތަޞްބީޙް، ތަޙްލީލް ކިޔައި ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރާށެވެ. ދުޢާ ކުރަން ފާށާނީ އެމީހެއްގެ އަމިއްލަ ނަފްސާއި ހަމައިންނެވެ. އެއަށްފަހު މައިންބަފައިންނާއި އަނބިދަރިންނަށްޓަކައި ހެޔޮ ދުޢާކުރަންވާނެއެވެ. އެއަށްފަހު އެންމެހައި ދިވެހީންގެ މައްޗަށާއި މުޅި އިސްލާމީ އުންމަތުގެ މައްޗަށް ހެޔޮ ދުޢާކުރަން ވާނެއެވެ. 

ދުނިޔޭގެ ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައި ތިބި މުސްލިމުންނަށްޓަކައި ހެޔޮ ދުޢާކުރަންވާނެއެވެ. ޚާއްޞަކޮށް މިޔަންމާ، އިންޑިއާގެ ކަޝްމީރު، ސީރިޔާ އަދި ޔަމަން ފަދަ ސަރަހައްދުތަކުގައި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކުގެ މަތިން ހަނދާންކޮށް ޙާލުގައި ޖެހިފައިތިބި ހުރިހާ މުސްލިމުންނަށްޓަކައި ހެޔޮ ދުޢާކުރަންވާނެއެވެ. އެތަންތަނުގައި ތިބި މުސްލިމް ރައްޔިތުންނަށްޓަކައި ކަރުނަ އަޅައި ރޯން މިއަދު މިވަނީ ޖެހިފައެވެ. 

މުސްލިމުންގެ މެދުގައި ހުރި މައްސަލަތައް ޙައްލުކުރެވި ގުޅުން ބަދަހިވުމުގެ މަގުދައްކަވައިދެއްވަވާތޯ ވެސް ދުޢާކުރަންވާނެއެވެ. 

- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޞައިޚް ނުޙައްމަދު މަންޞޫރު ދެއްވި ދަރުސުން! 

ވީޑިއޯ:

މިއަދު އޮންލައިން