ހިފާ ކޮންމެ ރޯދައަކަށް ތިބާގެ މޫނު ނަރަކައާ 70 އަހަރު ދުރުކުރައްވަވާ ކަމަށްޓަކައި ވެސް ރޯދަ ހިފުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ހިފާ ކޮންމެ ރޯދައަކަށް ތިބާގެ މޫނު ނަރަކައާ 70 އަހަރު ދުރުކުރައްވަވާ ކަމަށްޓަކައި ވެސް ރޯދަ ހިފުން ގިނަކުރާށެވެ!

މާދަމާއަކީ ޢަރަފާތު ދުވަހެވެ. އެދުވަހުގެ ސަވާބު އެދިގެން ރޯދައެއް ހިފައިފިނަމަ ފާއިތުވި އަހަރާއި ކުރިއަށް އޮންނަ އަހަރުގެ ފާފަތައް ﷲ ތައާލާ ފުއްސަވައިދެއްވަވާނެތެވެ. 

ކަންމިހެން އޮތްއިރު ކޮންމެ ދުވަހެއްގައި ރޯދަ ހިފިނަމަވެސް އެކަމުގެ ފައިދާ ވަރަށް ބޮޑެވެ. އެހެނީ އިސްލާމް ދީނުގައި ރޯދަ ހިފުން މަނާކުރައްވަވާފައިވާ ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގައި ރޯދައެއް ހިފިނަމަވެސް އެމީހެއްގެ މޫނު ނަރަކައާއި 70 އަހަރުގެ ރާސްތާއަށް ދުރުކޮށްދެއްވަވަތެވެ. 

ކޮންމެ ދުވަހަކު ނަމަވެސް ރޯދަ ހިފަމުން ގެންދަންވީ އެކަމުގެ ސަވާބާއި ދަރުމަ ﷲ ތަޢާލާގެ ހަޞްރަތުން އެދިގެންނެވެ. އެގޮތުގައި  ހިފާ ކޮންމެ ރޯދައަކަށް އެމީހެއްގެ މޫނު 70 އަހަރުގެ ރާސްތަޢަށް ނަރަކައާ ދުރުކޮށްދެއްވަވާއިރު އަހަރުގެ އެންމެ މާތް ދުވަސްތަކުގައި ރޯދަހިފުމުން، މުޅި އަހަރުގެތެރެއިން އެންމެ މާތް ދުވަހު، ޢަރަފާތު ދުވަހު ރޯދަ ހިފުމުން ދެއްވަވާނެ މިންވަރާއިމެދު ވިސްނައިލާށެވެ! 

- ޝައިޚް މުޙައްމަދު މަންޞޫރުގެ ގުޅުން ހުރި ވީޑިއޯއެއް:

 

 

މިއަދު އޮންލައިން