ކަޝްމީރު، ސްރީނަގަރަކީ ޔަހޫދީން ވެސްޓް ބޭންކް "ތަޅުލާފައިވާ" ފަދައިން ތަޅުލާފައި ބާއްވާ ތަނަކަށް ނުހަދައި މުސްލިމުންނަށް ޢީދު ފާހަގަކުރުމުގެ ފުރުޞަތު ދިނުމަށް އިންޑިއާ ހައިދަރުއާބާދުގެ އެމްޕީ އަސަދުއްދީން ގޮވާލައްވައިފިއެވެ.
އަސަދުއްދީން މިއަދު ޕާލަމެންޓުގައި ވިދާޅުވީ ހިންދޫން ދިވާލީ ފާހަގަކުރާ ފަދައިން މުސްލިމުން ޢީދު ފާހަގަކުރަން ބޭނުންވާ ކަމަށެވެ. ޢީދު ދުވަހު ޤްރުބާންކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ހޯމަ ދުވަހު އަޟްހާ ޢީދު ފާހަގަކުރުމުގެ ފުރުޞަތު މުސްލިމުންނަށް ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު ސްރީނަގަރަކީ ތަޅުލެވި ވެސްޓް ބޭންކް ފަދައިން އެންމެން ބަންދެއްގައި ތިބި ތަނެއް ކަމަށެވެ.
"މިނިވަންކަމޭ ކިޔާއިރު ކަޗްމީރު ރައްޔިތުންނަސް ގެއިން ބޭރަކަށް ނުނުކުމެވޭ. މޯބައިލް ފޯން ބޭނުމެއް ނުކުރެވޭ. މިނިވަންކަމޭ ކިޔައިގެން ކީކޭތަ ތިއަ ކިޔަނީ؟ ބަންދުކޮށްފައި ތިބި އެންމެން މިނިވަން ކުރުމަށާ ކާފިޔު ދޫކޮށްލަން އަހަރެން ޑިމާންޑްކުރަން." އެމްޕީ ވިދާޅުވެފައިވެއެވެ.