ޢީދު ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. ޢާއިލާގެ އެންމެން އެކުގައި ގޮސް ކުރަން އޮތް ނަމާދެކެވެ. އެހެންކަމާއިއެކުވެސް ޢީދު ނަމާދުގެ ކުރިން އޮތީ ފަތިސް ނަމާދުކުރުންކަން ހަނދާންކުރަންވާނެއެވެ.
ބައެއް ޢިމާމުން ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރައްވަން ފެށްޓެވުމުމުގެ ކުރިން މީސްތަކުންނަށް އެކަން ހަނދުމަވެސް ކޮށްދެއްވަވައެވެ. އަދި ފަތިސް ނަމާދު ނުކުރެވޭ މީހަކު ހުރިނަމަ ފަތިސް ނަމާދުކުރުމަށް އެދިވަޑައިގަންނަވައެވެ. އެއީ ދުވަސް ފަށަން ޖެހެނީ ފަތިސް ނަމާދުން ކަމަށްވެފައި ފަތިސް ނަމާދުކުރުމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
މި މުހިންމު ވާޖިބަށް މީސްތަކުން މިހާރު ދަނީ ފަރުވާކުޑަކުރެވެމުންނެވެ. ގިނަ ބައަކު ދަނީ ޢީދު ނަމާދަށެވެ. ފަތިސް ނަމާދެއް ނުކުރެއެވެ. ފަތިސް ނަމާދު އެއީ ކުރަން ޖެހޭ ނަމާދެއްކަން ހަނދާނަކު ނުހުރެއެވެ. ވީމާ މި އާދަ ބަދަލުކުރަން އެބަ ޖެހެއެވެ. ޢީދު ނަމާދަކީ ސުންނަތް ނަމާދެކެވެ. ފަރުޟުވެގެންވަނީ ފަތިސް ނަމާދެވެ.
ހަމަ އެއާއިއެކު ޢީދު ނަމާދަށް ދާން އޮތީ އިމާމް މީހާ ނަމާދަށް ޙަރަމް ބަންނަ ވަގުތަކަށް ނޫނެވެ. ޢީދު ނަމާދުގައި ފުރިހަމައަށް ބައިވެރިވާނަމަ ނަމާދު ފެށުމުގެ ކުރިން ގޮސް ތަކްބީރު ކިޔުމުގައި ބައިވެރިވާންވާނެއެވެ.