ޢީދުގަ އުފާ ކުރައްވާ! ނަމަވެސް ކުރެވިފައިވާ އަޅުކަންތައް ބާޠިލު ނުވާނެ ގޮތަށް ޢަމަލުކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޢީދުގަ އުފާ ކުރައްވާ! ނަމަވެސް ކުރެވިފައިވާ އަޅުކަންތައް ބާޠިލު ނުވާނެ ގޮތަށް ޢަމަލުކުރައްވާ!

ޢީދުގައި އުފާ ކުރާށެވެ! ނަމަވެސް ކުރެވިފައިވާ ހެޔޮ އަމަލުތައް ބާޠިލު ނުވާނެ ގޮތަށް އަމަލުތައް ބަހައްޓަން ޚާއްޞަ ސަމާލުކަމެއް ދޭށެވެ! 

ޢީދުގައި ޘަޤާފީ ކުޅިވަރުތައް ކުޅުމަކީ މައްސަލައެއް ނޫނެވެ. ކުޑަކުދިން އެއްވެ ލަވައެއް ކިޔައިލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ސްޓޭޖް ޝޯތައް ބާއްވައި ދެޖިންސުން މަސްހުނިވެ އުޅުމާއި ފާހިޝް އަމަލަކަށް ހިތް އެނބުރިދާނެ ފަދަ އެއްވެސް ކަމެއް ކުރުން ހުއްދައެއް ނޫނެވެ. 

ކޯޑިކެނޑުން ފަދަ ޘަޤާފީ ކުޅިވަރެއްގައި އުޅުނު ނަމަވެސް ނަމާދު ވަގުތައް ޖެހުމުން ނަމާދުކުރަންވާނެއެވެ. ނަމާދު އަޅައިގެން ތިބެ ކުޅިވަރުތަކުގައި ބައިވެރިވެ އުޅުމެއް ނެތެވެ. ހަމަ އެއާއިއެކު ކުޅިވަރު ކުޅޭ ތަންތަންތަނަށް ދާންވާނީވެސް ކުޅިވަރުތަކުގައި ބައިވެރިވާންވާނީ ވެސް ނަމާދު ކުރެވޭ ފަދަ ހެދުމެއްގައި ތިބެގެންނެވެ. އިސްލާމް ދީނުގައި ހެދުން އެޅުމަށް އޮތް މިންގަނޑަކީ އެއީއެވެ. 

- ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން 

ދަރުސްގެ ވީޑިއޯ ބައްލަވައިލެއްވުމަށް:

މިއަދު އޮންލައިން