ޙައްޖުވެރިންނަށް އެންމެ ގިނައިން ކުރިމަތިވަނީ ހޫނުގަދަވުމުގެ މައްސަލަތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޙައްޖުވެރިންނަށް އެންމެ ގިނައިން ކުރިމަތިވަނީ ހޫނުގަދަވުމުގެ މައްސަލަތައް!

މިއަހަރުވެސް ޙައްޖުވެރިންނަށް އެންމެ ގިނައިން ކުރިމަތިވަނީ ހޫނުގަދަވުމުގެ މައްސަލަތަކެވެ. މައްކާގެ ހޫނުމިން 40 ޑިގްރީގައި ހުރުމުން އެކަށީގެންވާ ވަރަށް ފެން ނުބުއިމުގެ މައްސަލަތަކެވެ. 

ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން މިއަދު ވަނީ ޢަރަފާތު ބިމުގައި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިފައެވެ. އެމީހުން ޚިދުމަތްކުރަނީ ހިލޭ ސާބަހަށެވެ. ޙައްޖުވެރިންނަސް ޚިދުމަތްކޮށްދޭ ޑޮކްޓަރަކު ބުނީ ފަރުވާ ހޯދާ މީހުންގެ ތެރެއިން 10 އިންސައްތައަކީ ބަނޑުގެ މައްސަލަތައް ކަމަށެވެ. ކުދި އަނިޔާ ލިބިގެން 15 އިންސައްތަ މީހުން ޚިދުމަތް ހޯދާފައިވާ ކަމަށެވެ. ބޮޑެތި ބަލިތަކުގައި ފަރުވާ ދޭނބް ޖެހެނީ ވަރަށް މަދު މީހަކަށް ކަމަށެވެ. 

"އެންމެ ގިނަ ބައަކަސް މައްސލަތައް ކުރިމަތިވަނީ ހޫނުގަދަވުމުގެ ސަބަބުން. ހަނގަނޑު އަނދައިގެންވެސް ގިނަ ބައަކު ފަރުވާ ހޯދާ. އެކަށީގެންވާ ވަރަށް ފެން ނުބުއިމުގެ ސަބަބުން ވެސް ގިނަ ބައަކު ބަލިވޭ." ޑޮކްޓަރު ބުނެފައިވެއެވެ. 

ޢަރަފާތު ބިމުގައި ޑޮކްޓަރުންނާއި ނަރުހުންގެ ޓީމްތަކުން ވަނީ ގިނަ އަދަދަދެއްގެ ކްލިނިކްތައްވެސް އަމިއްލައަށް ހިނަގައިފައެވެ.

 

މިއަދު އޮންލައިން