ސްޓޭޑިއަމަގަ ޢީދު ނަމާދުކުރަން އަންނައިރު މުސައްލަ ގެނައުން މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ސްޓޭޑިއަމަގަ ޢީދު ނަމާދުކުރަން އަންނައިރު މުސައްލަ ގެނައުން މުހިންމު!

މާދަމާ ޢީދު ނަމާދުކުރަން ސްޓޭޑިއަމަށް އަންނައިރު މުސައްލަ ގެނައުން މުހިންމެވެ. ސްޓޭޑިއަމް ޢީދު ނަމާދަށް ތައްޔާރުކޮށްފައިވަނީ ތަރަފާލު ނުފަތުރާ ގޮތަށް ކަމަށްވާތީއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ތަރަފާލު ނޭޅީ ތަރަފާލު އެޅުމުން ދަނޑަށް ގެއްލުން ލިބޭތީ ތަރަފާލު އަޅަން ހުއްދަ ނުދިނުމުންނެވެ. މާލޭ ސްޓޭޑިއަމްގައި ތަރަފާލު ނުއެޅި ނަމަވެސް ހުޅުމާލޭގައި ވަނީ ތަރަފާލު އަޅައިފައެވެ.  

ފިރިހެނުންގެ ބައިގަ އާއި އަންހެނުންގެ ބައިގައި ވުޟޫ ކުރެވޭނެ ގޮތަށް ހަމަ ޖައްސައި 10 އިސްކުރުގެ އިސްކުރު ބަރިއެއް ވަނީ ލައިފައެވެ.

މިއަދު އޮންލައިން