މިއީ ތަސްބީޙަކިޔަން ލިބޭ ރަނުގެ ފުރުޞަތެއް! ތިބާއަށްޓަކައި ވީހާގިނަ ކަދުރު ރުއްތައް ސުވަރުގޭގަ އިންދާ!: ޝައިޚް މަންޞޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މިއީ ތަސްބީޙަކިޔަން ލިބޭ ރަނުގެ ފުރުޞަތެއް! ތިބާއަށްޓަކައި ވީހާގިނަ ކަދުރު ރުއްތައް ސުވަރުގޭގަ އިންދާ!: ޝައިޚް މަންޞޫރު

سُبْحَانَ اللّهِ وَ بِحَمْدِهِ ، سُبْحَانَ اللّهِ الْعَظِيمِ ކިޔައިފި މީހަކަށް ސުވަރުގޭގައި ކަދުރު ރުކެއް އިންދަވައި ދެއްވަވާނެ ކަމަށް ޙަދީޘްފުޅުގައި އެބަ އޮތެވެ. އަދި މި ފަދައިން ދުވާލަކު 100 ފަހަރު ކިޔައިފިނަމަ އެމީހެއްގެ 1000 ފާފަ ފުހެވިގެންދާނެ ކަމަށް ނޫންނަމަ އެމީހަކަށް 1000 ދަރުމަ ލިބިގެންދާނެ ކަމަށްވެސް ޙަދީޘްފުޅުގައި އެބައޮތެވެ. 

މިއީ މަސައްކަތުގައި އުޅެމުންވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. 

މިއީ މިކަންކަން ކުރުމަށް އެންމެ އިތުރުކަން ބޮޑު ދުވަސްވަރެވެ. މިދުވަސްވަރުގެ މާތްކަމާއިބެހޭ ގޮތުން އިބްން ޢުމަރު ވިދާޅުވެފައިވަނީ މި ދިހަ ދުވަހުގެ މާތްކަން މުޅި އަހަރުގައި ކުރާ ހުރިހާ އަޅުކަމަކާއި އެއްވެގެންވާ ކަމަށެވެ. 

ޢީދު ދުވަހަށްފަހު އަންނަ އައްޔާމުއްތަޝްރީޤް 3 ދުވަހާއިއެކު މި ބަރަކާތްތެރި ދުވަސްތައް މިއަހަރަށް ނިމިގެންދާނެއެވެ. ވީމާ ވީހައި ގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކްރްކުރާށެވެ. 

- ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން

ޝައިޚް މަންޞޫރު ބަޔާންކުރައްވަވާފައި އެވަނީ ޢީދުގެ ދުވަސްތަކަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގައި ވަގުތުތައް ނަގައިލަންވީ ދުވަސްތަކެއް ނޫން ކަމެވެ. އާޚިރަތް ދުވަހު ތިމާއަށް ފައިދާކުރާނެ ކަންކަމަށް ވަގުތު ހޭދަކުރުމުގެ މުހިންމު ކަމެވެ.

- ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން