އިސްލާމް ދީނަށް ކުރިމަތިކުރުވަމުން ގެންދާ ބޮޑެތި ގޮންޖެހުންތަކުން އިސްލާމް ދީން ސަލާމަތްކުރުމަށްޓަކައި އެމީހެއްގެ ވަގުތުންނާއި މުދަލުންނާއި އީޖާދުތަކުން އިސްލާމް ދީނަށްޓަކައި ޤްރުބާން ވާން ކެރޭ މީހުންނަސް ވަނީ ބޭނުންވެފައެވެ.
އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކެވެ ބުނަން ކެރޭ ވަރުގެ މުސްލިމް ދަރިންނަށް މިއަދު ވަނީ ބޭނުންވެފައެވެ.
މިހާރަކަށް އައިސް ފެންނަމުން ދަނީ އިސްލާމް ދީނަށް ފައުޅުގައި އިހާނެތިކޮށް ހިތަމުންދާ ތަނެވެ. ކީރިތި ޤްރުއާނަސް ފައުޅުގައި އިހާނެތިކޮށް ހިތަމުން އަންނަ ތަނެވެ. މިދީނުގެ ނަބިއްޔާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަ ކުރަމުން އަންނަ ތަނެވެ. މުސްލިމުންގެ މުޤައްދިސް ތަންތަނަސް އަރައި އެތަންތަން ފޭރިގަންނަމުން އަންނަ ތަނެވެ.
އިސްލާމީ ޤައުމުތަކުގެ އިންތަކުގެ ޙުރުމަތް ދަނީ ކަނޑަމުންނެވެ. މުސްލިމް ޢިލްމްވެރިންގެ ޤަދަރު ދަނީ ވައްޓައިލަމުންނެވެ. އިސްލާމީ ޔުނިވަރސިޓީތަކާއި މަތީ ތައުލީމުދޭ ތަންތަނުގެ މަންހަޖުތައް ބަދަލުކުރުމަށް ދަނީ ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. އިސްލާމް ދީން މިވަނީ އެ ދީނުގެ ވަޠަނުގައި ބީރައްޓެހި ކޮށްފައެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމެއް އޮވެގެން ނުވާނެ ކަމަސް ބުނެ ދަނީ އަޑު އުފުލަމުންނެވެ. މުސްލިމުންގެ ޙައްޤުތަކަށް ދަނީ އަރައިގަންނަމުންނެވެ.

- މިއަދުގެ ޚުޠުބާއިން