އަހަރެންނަކީ އެއްވެސް ގޮތަކުން އިސްލާމީ ޘަޤާފަތާއި ގުޅުން ހުރި މީހެއް ނޫނެވެ. އަހަރެންގެ ވަށައިގެން ވަނީ ދުނިޔަވީ ކަންކަމެވެ. އަހަރެން އުޅުނީ ހޮލީވުޑްގެ ރަން ދުނިޔޭގައެވެ. ކާމިޔާބު އަނހެނެއްގެ ގޮތުގައެވެ.
މަދު މީހަކަށް ނޫނީ ބޮޑު އަނިޔާއެއް ނުލިބި ސަލާމަތް ނުވެވޭ އެކްސިޑެންޓެއް ވެސް ވިއެވެ. ﷲ ތަޢާލާ އަހަރެން ވަރަށް ކުޑަކުޑަ އިންޖަރީ އަކާއިއެކު ސަލާމަތްކުރެއްވެވުމުން ވެސް އެއީ ﷲ ތަޢާލާ ލެއްވެވި ހެޔޮ ރަޙްމަތްފުޅެއްކަން ބަލައިގަންނަން ވެސް ނުއެނގުނެވެ. އަދި އެކަމަށް ވިސްނާކަށްވެސް ހިތަކަށް ނުއެރިއެވެ.
އަހަރެން ކެތަލިކެއްގެ ގޮތުގައި ނިންމަން ބޭނުން ކަމަށް ނިންމީ ރައްޓެއްސެއްގެ ކައިވެނި ހަފްލާއެއްގެ ތެރެއިންނެވެ. އެތަނުން ފެނުނު ކަންތައްތައް ކަމު ނުދިއުމުންނެވެ. އެގޮތަށް ނިންމިއިރުވެސް ދެން ވާނީ ކޮން ދީނެއްގެ މީހަކަށްކަން ޤަބޫލެއް ނުކުރެވެއެވެ.
އިސްލާމަކަށްވުމާއިމެދު ގޮތެއް ނިންމަން އަހަރުކެއް ނެގިއެވެ. އަދި އިސްލާމަކަށްވުމަށްފަހުގައި އިސްލާމް ދީނަށް އަމަލުކުރާ މުސްލިމަކަށް ވުމަށްވެސް ދުވަސްތަކެއް ނެގިއެވެ. ކޮންމެއަކަސް އަހަރެންނަކީ އެހެން މީހުން ފަދަ މުސްލިމެކެވެ. އަހަރެން ނިޞްބަތްވަނީ އިސްލާމް ދީނާއި ކިތަންމެ ބީރައްޓެހި ޘަޤާފަތަކަށް ނަމަވެސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. ހުރިހާ މުސްލިމުންގެ ވެސް މަޤްޞަދަކީ ﷲ ތައާލާ މަތިވެރިކުރުމެވެ. މިއަދު އަހަރެންނަކީވެސް އެހެން މުސްލިމުން ފަދައިން އެ މަސައްކަތުގައި ސާބިތުވެ ހުރި އަންހެނަކީމެވެ.
ކީރިތި ޤްރްއާން ކިޔައި އެފޮތުގައިވާ އެއްޗެއް އޮޅުން ފިލުވަން އެތައް ފަހަރަކު އުޅުނީމެވެ. ނަމަވެސް ދެ ގަނޑެއް ކިޔާލާއިރަށް ފޫހިވެސް ވިއެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި އަހަރެންނަސް އިސްލާމަކަށް ވެވުނީ އެކަމަށް އަހަރެންގެ އިޚްލާޞްތެރި ނިޔަތެއް އޮތުމުންނެވެ. ﷲ ތައާލާ އެކަން އަހަރެންނަށް ހިންމަވައި ދެއްވެވީއެވެ.
އިސްލާމްވުމަށްފަހު ޒައިނަބް އިސްމާޢީލް ދީފައިވާ ވީޑިއޯ ބަޔާން ބައްލަވައި އަޑުއައްސަވައިލައްވާ!