ފީފާ ވޯލްޑްކަޕަށް ބްރެޒިލަށް ދިއަ "ވައިއިސްލާމް"ގެ ޓީމުން ކުޅުނީ އާދައާ ޚިލާފް "މެޗްތަކެއް". ޓީމަށް ލިބުނު ތަށްޓަކީ ސުވަރުގެ! އިން ޝާ ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ފީފާ ވޯލްޑްކަޕަށް ބްރެޒިލަށް ދިއަ "ވައިއިސްލާމް"ގެ ޓީމުން ކުޅުނީ އާދައާ ޚިލާފް "މެޗްތަކެއް". ޓީމަށް ލިބުނު ތަށްޓަކީ ސުވަރުގެ! އިން ޝާ ﷲ!

2014 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް މުބާރާތަށް ވަރަށް ތަފާތު ޓީމެއް ދިއައެވެ. އެއީ އިސްލާމް ދީނަށް ނަޞްރުދީ ކުރިއަރުވަން މަސައްކަތްކުރާ "ވައި އިސްލާމްގެ ޓީމެވެ.  

އެ ޓީމުގެ މެޗްތައް "ކުޅުނީ" ސްޓޭޑިއަމަކު ނޫނެވެ. ގިނައިން މީހުން އެއްވާ ތަންތަނުގަ އާއި ބްރެޒިލްގެ މަގުތަކުގައެވެ. އެޓީމުން ހާޞިލުކުރަން މަސައްކަތްކުރީ ވަރަށް ތަފާތު ގޯލެކެވެ. އެއީ ބްރެޒިލްއަކީ ކްރިސްޓިއަނުންގެ ބޮޑު މެޖޯރިޓީއެއް ދިރިއުޅޭ ޤައުމަކަށްވުމުން އެމީހުންނާއި ހަމައަށް ﷲ ތަޢާލާ އާއި އިސްލާމް ދިން ގެންގޮސް ދިނުމުގެ ލަނޑުދަނޑިއެވެ. އެ މަޤްޞަދު އެ ޓީމުން ވަނީ ވަރަށް ފުރިހަމައަށް ޙާޞިލުކޮށް ތަށިވެސް ހޯދައިފައެވެ. އިން ޝާ ﷲ!  

ދުނިޔޭގެ ތަފާތު ޤައުމުތަކުގެ ތަފާތު ނަސްލުތަކުގެ ގިނަ އަދަދެއްގެ އަންހެން އަދި ފިރިހެން "ކުޅުންންތެރިން" ބައިވެރިވި މި ޓީމް ގައި 2 ކެޕްޓަނުން ތިއްބެވެ. އެއީ އެމެރިކާގެ ޗިކާގޯއަށް ނިޞްބަތްވެވަޑައިގަންނަވާ ޝައިޚް ޢަބްދުއްރަޙްމާން ޚާން ޢާއި ނިޔުޖާސީއަށް ނިޞްބަތްވެވަޑައިގަންނަވާ ޝައިޚް ޢަބަދުއްސުމޭޢު އެވެ. 

- ބްރެޒިލްގެ އަންހެނުންނަށް ބުރުގާ އެޅުމުން ލިބޭ ފުރިހަމަކަން ދައްކައިދެނީ  

2 ކެޕްޓަނުންގެ ބެއްލެވުމުގެދަށުން ކުރިއަށް ގެންދެވި "މެޗްތަކުގައި" އެޓީމުން ހަމަ އެކަނި އިސްލާމް ދީނަށް ދައުވަތުދީ ލުއި ފޮތް ބަހައި ހެދީއެއް ނޫނެވެ. އަންހެނުން ހިޖާބަ އަޅުވައި އެކަމަށްވެސް ވަނީ ޝައުޤުވެރިކުރުވައިފައެވެ. އެ ޓީމުން ޖަހަން މަސައްކަތްކުރި ގޯލަކީ "ހާޞިލުކުރްން ބޭނުންވާ ގޯލަކީ" ކޮބައިކަމާއިމެދު ސުވާލު އުފެއްދުމެވެ. "ދިރިއުޅުމުގެ ބޭނުމަކީ ކޮބައިކަމާއިމެދު" ސުވާލު އުފެއްދުމެވެ.  

 

(--ރޮމުން މިމީހާ ބުނީ އޭނާއަކީ ޝައިޚެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ހިތް ފުރިފައިވަނީ އިސްލާމް ދީނަށް އޮތް ލޯބީގެ ބޮޑުކަމުން ކަމަށެވެ. ބޭނުންވަނީ ދީން ފެތުރޭނެ މަގު ފަހިވުން ކަމަށެވެ.)

ރަމަޟާން މަސް ކަމަށްވުމުން ރޯދައަށް ތިބެމެ ޓީމުން ވަނީ ވަރަށް ފުރިހަމަ މެޗްތަކެއް ކުޅެފައެވެ. އެ ޓީމުން ވަނީ ފަޤީރުންނަށް ކާބޯތަކެތިވެސް ބަހައިފައެވެ. ވަކި ދީނަކަށް ބެލުމެއް ނެތިއެވެ.  

- ޝައިޚް ޢަބްދުއްރަހްމާންގެ އަތްޕުޅުމައްޗަށް މީހަކު އިސްލާމްވަނީ:  

ބްރެޒިލަކީވެސް ގިނަ އަދަދެއްގެ މީހުން އިސްލާމް ވަމުން އަންނަ ޤައުމެކެވެ. އިސްލާމް ދީން ފެތުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކަންކަން ކުރާނެ ތަނަވަސްކަން މުސްލިމުންނަށް ނެތުމެވެ. ހޭލުންތެރިކުރުވޭނެ ވަސީލަތްތައް ނެތުމެވެ. ޓީމުގެ ބުރަ މަސައްކަތުން ވަނީ އެމީހުންގެ އަތްމައްޗަށް އެތައް ބައަކު އިސްލާމްވެފައެވެ.  

"ވައި އިސްލާމް" ގެ ޓީމުން ކުޅުނު މެޗްތަކަކީ އެއްވެސް ޓީމަކަށް ކުޅެވޭނެ އެންމެ ވަރުގަދަ މެޗްތަކެވެ. އެޓީމުގެ މަސައްކަތުން ގިނަ ބައަކަށް އިސްލާމް ދީން ތާޢާރަފްކޮށް، އެތައް ބައެއްގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖައްސައި، ޝައުޤުވެރިކުރުވުމުން އެޓީމުން އެކުޅުނީ އެއްވެސް ޓީމަކަށް ކުޅެވޭނެ އެންމެ ފައިދާހުރި މެޗްތަކެވެ. އެ ޓީމުގެ މަސައްކަތުން ގިނަ ބައަކު އިސްލާމްވެފައިވުމުން އެޓީމުގެ މަސައްކަތަކަށް ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތަކީ ސުވަރުގެ ކަމަށް އުންމީދުކުރަމާތޯއެވެ. އެހެންކަމަށް ވެއްޖެނަމަ އެއަށްވުރެ އަގު ބޮޑު ތަށްޓެއް އެއްވެސް ޓީމަކަށް ނުލިބޭނެއެވެ. 

ޚަބަރުގައިވާ ވީޑިއޯއިން ޓީމުގެ މެޗްތަކުން ބައެއް ބައްލަވައިލައްވާށެވެ!  

ވީޑިއޯ:

މިއަދު އޮންލައިން