އެންމެ ފުރަތަމަ ކަމެއްގެ ގޮތުން މިސްކިތަށް ގޮސް ޖަމާއަތުގައި ބައިވެރިވެ ނަމާދުކުރާތީ އެކަމަށް ހިތްވަރުދޭނަމަވެސް ނަމަވެސް ވިސްނައި ރަނގަޅުކޮށްލަން އޮތް ކަމެއް ބުނެލާނެއެވެ.
މިފެންނަނީ އިމާމް މީހާ ސަލާމް ދިނުމަށްފަހު ޢީދު ތަކްބީރު ކިޔައިލާއިރަށް މިސްކިތުން ބައަކު ފައިބައިގެންދާ ތަނެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. ނަމާދުކުރުމުން އެ އަދާކުރެވުނީ ފަރުޟެވެ. ޛިކްރް ތަސްބީޙަ އާއި ސުންނަތް ނަމާދަކީ ބޯނަސްއެވެ. ވީމާ ލިބެން އޮތް ބޯނަސް ނަގައިނުލާށެވެ!
ދުނިޔަވީ ކަންކަން ފަހުން ކުރެވިދާނެއެވެ. އަބަދުވެސް ނުކުރެވިފައި އޮންނާނީ އާޚިރަތަށްޓަކައި ކުރަންޖެހޭ ކަންކަމެވެ. އާޚިރަތް ބޭނުން ނަމަ ބަދަލެއް ގެންނަން އެބަ ޖެހެއެވެ. އެއީ އާޚިރަތަށްޓަކައި ކުރާ ކަންކަމަށް އެންމެ ބޮޑަށް ސަމާލުކަން ދިނުމެވެ. ދުނިޔަވީ ހުރިހާ ކަންކަން އެއިގެ ފަހަތަށް ޖައްސައިލުމެވެ.
މީސްތަކުންނޭވެ! ޛިކްރްތަސްބީޙަ ނުކިޔައި ނަމާދުން ނުފައިބާށެވެ! ރަވާތިބު ސުންނަތް ދޫކޮށްލާފައި ފައިގައިގެން ނުދާށެވެ. ޛިކްރް ތަސްބީހަ ކިޔައި ރަވާތިބު ސުންނަތް ކޮށްލަން ނަގާނީ ގާތް ގަނޑަކަށް 5 މިނިޓާއި 7 މިނިޓާއި ދެމެދުގެ ވަގުތުކޮޅެވެ. އެވަރުގެ މަދު މިނިޓުކޮޅެއް އާޚިރަތަށްޓަކައި ހޭދަ ނުކޮށް ނަމާދު ނިންމާފައި ފައިބަންވީ ކީއްކުރަން ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް މަރުވުމަށްފަހު އުޅެން ޖެހޭނީ އާޚިރަތަށްޓަކައި ކުރެވުނު ހެޔޮ އަމަލުތައް މަދުވެގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން