ވަށައިގެން އަނބުރަމުން ގެންދާ އުޑިތަކުގެ ސަބަބުން ﷲ ތަޢާލާ ވޮޑިގެންވާ ކަމާއިމެދު ޝައްކުކޮށް ހަތަރު އަނގޮޅީގައި ތިބި ޒުވާނުން ހިންދޫ ދީން ދޫކޮށް އިސްލާމްވި ޒުވާން އަމީރު ޝަރުމާގެ ވާހަކަތައް އަޑުއަހައިލާށެވެ! އޭނާގެ ޢާއިލާއަކީ ފުރިހަމައަށް ހިންދޫ ދީނަށް އަމަލުކުރަމުން އައި ޢާއިލާއެކެވެ. ނަމަވެސް ޙަޤީޤަތް އެނގުމުން އޭނާގެ ވިސްނުން ބަދަލުކޮށް ޙައްޤު ދީން އިޚްތިޔާރު ކުރި ގޮތާއި ސަބަބުތައް އޭނާގެ އަޑުން އަޑުއަހައިލާށެވެ.
އޭނާ ބުނެފައިވަނީ ﷲ ތައާލާގެ އެއްކައުވަންތަކަން ޤަބޫލުނުކުރެވެނީ އެމީހެއްގެ ޖާހިލުކަން ބޮޑުވުމުން ކަމަށެވެ. އެކަމަށް އަމީރު ޝަރުމާ ހެކި ދެއްކީ ކީރިތި ޤްރުއާނުންނެވެ. އަލަށް އިސްލާމްވި ނަމަވެސް ކީރިތި ޤްރުއާން އޭނާ ދިރާސާކޮށްފައިވާ މިންވަރު މިކަމުންވެސް އެނގިގެންދެއެވެ.
"ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ. އެ ކަނޑުގައި ފެތުރިފައިވަނީ، މަތިމައްޗަށް ހުންނަ ރާޅުތަކެވެ. އޭގެމަތިން ވިލާތައްވެއެވެ. މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ އަތް ނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ، އެމީހަކަށް ﷲ އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް އެއްވެސް އަލިކަމެއް ނުވެއެވެ." (އައްނޫރު: 40)
އަމީރު އެންމެ ބޮޑަށް ކަންބޮޑުވަނީ ނަމާދުގައި ޚުޝާޢަތްތެރިވާން ޖެހޭ މިންވަރަށް ޚުޝޫޢަތްތެރި ނުވެވޭތީއެވެ. އޭނާއަށް ޢަރަބި ބަސް ނުއެނގޭތީ ނަމާދުގައި ކިޔާތަކެތީގެ "ފޮނިމީރުކަން" އޭނާއަށް ނުލިބޭތީއެވެ.
އަމީރުގެ ވާހަކަކޮޅަކީ ހަތަރުއަނގޮޅީގައި ތިބި ޒުވާނުންނަށް ވަރަށް ޢިބްރަތްތެރި ވާހަކަކޮޅަކަށްވާނެ ކަމަށް އުންމީދުކުރެވެއެވެ. އަދި ސާބިތުކަންމަތީގައި ތިބި ޒުވާނުންނަށްވެސް އިތުރު ހިތްވަރަކަށްވެގެންދާނެ ކަމަށް ވެސް އުންމީދުކުރެވެއެވެ.
- އަމީރުގެ ޝަރުމާގެ ވާހަކައިގެ ވީޑިއޯ: