ކޯމާގަ އޮތް ސީމާ މޫސާ ނިޔާވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ކޯމާގަ އޮތް ސީމާ މޫސާ ނިޔާވެއްޖެ

ހަޖުގެ އަޅުކަން އަދާކުރުމުގައި އުޅެނިކޮށް ސްޓްރޯކެއް ޖެހި ކޯމާއަށް ދިއަ ފ. ދަރަބޫދޫ ސީމާ މޫސާ ކޯމާގައި އޮވެ ނިޔާވެއްޖެއެވެ. ޙައްޖު ކޯޕޮރޭޝަނުން ބުނީ އޭނާ ނިޔާވީ މިރޭ އިރުއޮއްސުނުހައިއިރު ކަމަށެވެ. 

އުމުރުން 38 އަހަރުގެ ސީމާއަށް ސްޓްރޯކް ޖެހުނީ ޢަރަފާތުގެ އަޅުކަން ނިންމައި މިނާއަށް އައިސް ޢީދު ދުވަހު ހިލަ އުކުމަށްފަހު އެނބުރި އައިސް މިނާ ޓެންޓްގައި ހުއްޓައެވެ. އިތުރު ފަރުވާއަށް ގެންދެވޭވަރުވެސް ނުވުމުން ސީމާ ބާއްވާފައި އޮތީ "މިނާ އަލްވާދީ" ހޮސްޕިޓަލުގެ އައިސީޔޫގައެވެ. 

ސީމާ ޙައްޖަށް ގޮސް ހުރީ އޭނާގެ ފިރިމީހާ އާއިއެކުގައެވެ. ދެމަފިރިންނަށް ވަނީ 3 ކުދިން ލިބިފައެވެ. ދޮށްޓަށް ލިބިފައިވަނީ 2 އަންހެންކުދިންނެވެ. އެންމެ ހަގަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. ހަގު ކުއްޖާގެ އުމުރަކީ 5 އަހަރެވެ. 

ސީމާގެ ފުރާނައަށް ހެޔޮ ރަހްމަތް ލެއްވެވުން އެދި ދުޢާކުރަމުއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދިވެސް ދުޢާކުރަމުއެވެ. 

މިއަދު އޮންލައިން