ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނެވި މާފުށީ ޖަލުގެ ގޮޅިތެރެއަށް ވެއްޓި ތަޅުންގަނޑުމަތީގައި ބޯ ޖެހި، އަނިޔާވެގެން އައިޖީއެމްއެޗް ގެނެސް ފަރުވާދެމުން އެބައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަދީބު ގޮޅިތެރެއަށް ވެއްޓުނީ ބޮލަށް އެނބުރުން އަރައިގަތުމުންކަމަށެވެ. މިހާދިސާގައި ތަޅުންގަނޑުމަތީގައި ބޯ ޖެހި، އަދީބުގެ ނިތްކުރި މަތީގައި ވަނީ ގޮނބިލައިފަ އެވެ.
ސުޕްރީމް ކޯޓުން ވަނީ، ދައުލަތުން އިސްތިއުނާފުކޮށްފައިވާ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއަށް ދިނުމުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ދިން އަށް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި ޝަރީއަތުން ވަކިގޮތެއް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.