ޢީދު ބަންދުގަ މާލޭގެ މިސްކިތްތަކުން ފެނުނު ޒުވާނުންގެ އަދަދު ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޢީދު ބަންދުގަ މާލޭގެ މިސްކިތްތަކުން ފެނުނު ޒުވާނުންގެ އަދަދު ގިނަ!

މިއަހަރުގެ ޢީދު ބަންދުގައި މިސްކިތްތަކުން ފެނުނު ޒުވާނުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ.  

ހަމައެކަނި މިރެއައަށް ބެލި ނަމަވެސް މިއަދުނޫހުން މޮނިޓަރކުރި 3 މިސްކިތެއްގެ އެންމެ ކުރީސަފުގައިވެސް 2،3 މީހަކު ފިޔަވައި ތިބީ ޒުވާނުންނެވެ. އަދި ޢިޝާ ނަމާދުގެ ކުރިންނާއި ފަހުން ކިޔަވަން މިސްކިތުގައި ގިނައިން ތިބީ ވެސް ހަމަ ޒުވާނުންނެވެ. 

ރޭ މޮނިޓަރ ކުރި ހުޅުމާލޭގެ 2 މިސްކިތެއްގެ ނަތީޖާ ވެސް ފެނިފައިވަނީ ދާދި އެއްގޮތަކަށެވެ. 

މިހެން މިވަނީ މިސްކިތަށް އަރާ ދޮށީ އުމުރުގެ މީހުން މަދުވާތީއެއް ނޫނެވެ. ކުރިން ޒުވާނުން މިސްކިތަށް އަރައި ކުރީ ސަފުން ޖާގަ ހޯދަން މަސައްކަތްކުރާތީއެވެ. މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. 

މިފަދަ ކަންކަމުން އެނގެނީ ހުރަސްތައް ކުރިމަތިކުރުވި ނަމަވެސް، ޝައިޠާނާގެ ދުންމާރިތައް އަތްފޯރާފަށަށް ކިތަންމެ ކައިރިއަށް ގެނައި ނަމަވެސް ﷲ ތަޢާލާގެ ވާގިފުޅާއިއެކު އިސްލާމް ދީނަށް ރާއްޖޭގައި ކުރިއެރުން ލިބެމުން އަންނަ ކަމެވެ. އެކަމަށް މަސައްކަތްކުރައްވާ ދީނީ ޢިލްމުވެރިންގެ މަސައްކަތުގައި ބަރަކާތް ލައްވަވާށި! އާމީން.

 

 

މިއަދު އޮންލައިން