ތިބާއަކީ ﷲ ރުހިވޮޑި ނުގަންނަވާ އަޅެއްކަމުގައި ކަނޑައަޅުއްވަވައިފިނަމަ ދެން ވާނެ ގޮތާމެދު ބިރުވެތިވާށެވެ!

ކިޔުމަށް ހޭދަވާނީ 1މ 24ސ
ތިބާއަކީ ﷲ ރުހިވޮޑި ނުގަންނަވާ އަޅެއްކަމުގައި ކަނޑައަޅުއްވަވައިފިނަމަ ދެން ވާނެ ގޮތާމެދު ބިރުވެތިވާށެވެ!

ﷲ ތަޢާލާ މީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ އެކަން ޖިބްރީލްގެފާނަށް އަންގަވަތެވެ. އެމީހަކު ދެކެ ޖިބްރީލްގެފާނުވެސް ލޯބިވެވަޑައިގަންނަވައެވެ. އަދި އެހެން މަލާއިކަތުންނަށް ޖިބްރީލްގެފާނު އެކަން އެންގެވުމުން ހުރިހާ މަލާއިތުންވެސް އެމީހަކަށް ލޯބިވެވަޑައިގަންނަވައެވެ. އަދި އެމީހަކަށް ދުނިޔޭގެ އެންމެންގެ ލޯތްބާއި ޤަދަރު ލިބިގެންދެއެވެ. 

މިހިސާބުން މިކަން ނިމެނީއެއް ނޫނެވެ.  ﷲ ތަޢާލާ މީހަކު ދެކެ ރުހިވޮޑިނުގެންފިނަމަ، ކޯފާވެވޮޑިގެންފިނަމަ އެކަން ޖިބްރީލްގެފާނަށް އަންގަވަތެވެ. އެމީހަކު ދެކެ ޖިބްރީލްގެފާނުވެސް ކޯފާވެވަޑައިގަންނަވައެވެ. އަދި އެހެން މަލާއިކަތުންނަށް ޖިބްރީލްގެފާނު އެކަން އެންގެވުމުން ހުރިހާ މަލާއިތުންވެސް އެމީހަކަށް ކޯފާވެވަޑައިގަންނަވައެވެ. އަދި އެމީހަކަށް ދުނިޔޭގެ އެންމެންގެ ނުރުހުމާއި ނަފްރަތު ލިބިގެންދެއެވެ. 

މީސްތަކުންނޭވެ ބިރުވެތިވާންވީ މިކަމަށެވެ. އެމީހަކު ދުނިޔޭގައި އުޅެމުންދަނިކޮށް އެމީހަކަށް ﷲ ތަޢާލާ ކޯފާވެވޮޑިގެންފިނަމަ އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެމީހަކަށް އާޚިރަތް ދުވަހު ކުރިމަތިލާން ޖެހޭނެ ބިރުވެރިކަމާއިމެދު ވިސްނައިލާށެވެ! 

މީސްތަކުންނޭވެ! ﷲ ތަޢާލާ ނަހީ ކުރެއްވެވި އެއްވެސް ކަމެއް ނުކުރަންވީ މިފަދަ ސަބަބުތަކަށްޓަކައެވެ. ﷲ ތައާލާ ނަހީ ކުރެއްވެވި ކަންކަން ކުރަމުން ގެންދާނަމަ އެމީހަކަށް ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާނީ ކޮން ވަގުތަކުކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. 

މީސްތަކުންނޭވެ! ދިރިހުރިހައި ހިނދަކު ފުރުޞަތު ގެއްލިގެންނެއް ނުދެއެވެ. ފުރުޞަތު އެބައޮތެވެ. ތައުބާވުން އަވަސްކުރާށެވެ! ﷲ ތަޢާލާ ކޯފާވެވޮޑިގެންފިނަމަ އަހަރެމެންނަށް ލިބެން އޮތް ދެރަ ނިކަމެތިކަމާއިމެދު ފުންކޮށް ވިސްނާށެވެ! ކުރެވިފައިވާ ފާފަތައް ގިނަވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ ހަމައެކަނި ތައުބާ ނުވެވޭ ކަމެވެ. ތައުބާވުން ލަސްކުރެވޭ ކަމެވެ.

 

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން