ބާޒާރު ބަންދުކުރަން ޖެއްސުމުން ރުޅި އައިސް މީސްތަކުން އަބޫހުރައިރަތުގެފާނު ވަށައިލި ދުވަހު ދެއްވި ޚުޠުބާ - ސާބިތުވާންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ބާޒާރު ބަންދުކުރަން ޖެއްސުމުން ރުޅި އައިސް މީސްތަކުން އަބޫހުރައިރަތުގެފާނު ވަށައިލި ދުވަހު ދެއްވި ޚުޠުބާ - ސާބިތުވާންޖެހޭ ފިލާވަޅެއް!

މީސްތަކުން ބާޒާރުމަތީގައި އެންމެ ގިނަވީ ވަގުތަކު އެއް ދުވަހު އަބޫ ހުރައިރަތުގެފާނު ބާޒާރަށް ވަޑައިގެން ވިދާޅުވިއެވެ. "މީސްތަކުންނޭވެ! މިސްކިތުގައި ވަރަށް ބައިވަރުތަކެތި އެބަ ބަހައެވެ. ރަސޫލް (ޞޢވ) ސުވަރުގެ ވަޑައިގެންނެވި އިރު މީސްތަކުންނަށް ބަހަން ދޫކުރައްވާފައިވާ ތަކެއްޗެވެ. 

އެހިސާބުން އެންމެން ދުއްވައިގަތީ މިސްކިތަށެވެ. ފިހާރަތައް ބަންދުކޮށްފައި ވިޔަފާރިވެރިން ވެސް ދުވީ މިސްކިތަށެވެ. ގޮސް ބެލިއިރު މިސްކިތަކު އެފަދަ އެއްވެސް ކަމެއް ނުހިނގައެވެ. އެއްވެސް އެއްޗެއް ބަހާ މީހަކު ނުއުޅެއެވެ. 

އައިރުޅީގައި އެންމެން އެކުގައި ގޮސް އަބޫ ހުރައިރަތުގެފާނާއި ބައްދަލުކުރުމުން ވިދާޅުވީ ކުރު ޚުޠޫބާއެއް ފަދަ ބަސްކޮޅެކެވެ. 

ފުރަތަމް ސުވާލު ކުރެއްވީ މިސްކިތުން ފެނުނީ ކޮން ތަކެއްޗެއް ކަމާއިމެދުގައެވެ. "މިސްކިތުން ފެނުނީ މުޞްޙަފާއި އިސްލާމް ދީނުގެ ކަންކަން" ކަމަށް ދެންނެވުމުން ވިދާޅުވިއެވެ. "މީސްތަކުންނޭވެ. އެއްވެސް ރަސޫލް ބޭކަލަކު ދުނިޔެ ދޫކުރައްވާއިރު ތިއަބައިމީހުން މިސްކިތުން ހޯދަން މިއަދު ތިއަ ދިއަ ފަދަ އެއްވެސް އެއްޗެއް ނުފެންނާނެއެވެ. ދޫކުރައްވަވާފައި ވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރަންވީ ކަންކަމެވެ. އެކަންކަމުގައި ސާބިތުވެއްޖެ ނަމަ ސުވަރުގެ ލިބޭނެ ކަންކަމެވެ. އެކަން ކުރާނެ ގޮތުގެ އިރުޝާދެވެ. 

ވީމާ ތިއަބައިމީހުންނަށް މިސްކިތުން މިއަދު ތިއަ ފެނުނީ ތިއަބައިމީހުންނަށް ބަހަން ރަސޫލް (ޞޢވ) ދޫކުރެއްވެވި ތަކެއްޗެވެ. ދެދުނިޔޭގެ ސަލާމަތްކަން ލިބިގަތުމަށްޓަކައި ތިއަބައިމީހުން ލިބިގަންނަންވީ ތަކެއްޗެވެ. 

މިހައި އަވަހަށް ތިއަބައިމީހުން އެކަންކަން ހަނދާން ނެތެމުން ދާތީ އަހަރެން މިކުރި ކަމަކީ އެކަން ހަނދާންކޮށްދިނުމެވެ. ގިނަގިނައިން މިސްކިތަށް ގޮސް ރަސޫލް (ޞޢވ) ދޫކުރެއްވެވި ތަކެތި ލިބިގަނެ އެކަމުން ފައިދާ ލިބިގަންނަ ބައަކަށްވާށެވެ! ސުވަރުގެ ލިބުން އޮތީ އެތަކެތި ލިބިގަތްވަރަކުންނެވެ." 

- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން