ސިހުރުވެރިޔާ މެރުން ވާޖިބުވާ ކަމަށް ސަލަފުން އެއްބަސްވެވަޑައިގަންނަވައެވެ.
ސިހުރުވެރިޔާއަކީ އިންސާނުންތެރޭގައި ޝައިޠާނެކެވެ.

ހުކުރު ޚުޠުބާތަކުގައި މިފަދަ ވަރުގަދަ އިންޒާރުތައް ދެމުން ގެންދިއަ ނަމަވެސް ރާއްޖެއަކީވެސް ސިހުރު ހެދުން ގިނަ ޤައުމެކެވެ. ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކާއި ތަކެއްޗާއިއެކު ގިނަ ބައަކު ވަނީ ހައްޔަރުކުރެވިފައެވެ. ނަމަވެސް އެއްިން އެއްވެސް މީހަކަށް ދިނީ ކޮން އަދަބެއްކަން އެނގެން ނެތުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ.