ސިހުރުވެރިންގެ ބަސް ތެދުކުރާ މީހާ ސުވަރުގެ ނުވަންނާނެ!: ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ސިހުރުވެރިންގެ ބަސް ތެދުކުރާ މީހާ ސުވަރުގެ ނުވަންނާނެ!: ޚުޠުބާ

ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވާފައިވެއެވެ. "3 މީހަކު ސުވަރުގެ ނުވަންނާނެތެވެ. އެއީ ރާ (ބަނގުރާ) ބުއިމަށް ދެވިހިފާފައިވާ މީހާ އާއި ރަޙިމުގެ ގުޅުން ކަނޑާ މީހާ އާއި ސިހުރުވެރިންގެ ބަސް ޤަބޫލުކުރާ މީހާއެވެ." 

ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ސިޙުރު ހެދުމަކީ ޙަރާމް ކަމެކެވެ. ސިހުރު އުނގެނުމާއި ދަސްކުރުމަކީވެސް ޙަރާމް ކަމެކެވެ. އަދި އެކަމުގައި ކުފުރުގެ އަމަލެއް ހިމެނޭނަމަ އެއީ ކުފުރެކެވެ. 

އިރުވަރު ބެލުމާއި ފާލުބެލުމާއި ރަމަލުޖެހުމާއި އަތްބެލުން ފަދަ ކަންކަމަކީވެސް ހަމަ ސިހުރު ހާހޫރައާއި އެއްފަދަ ބޮޑެތ ފާފަތަކެވެ. އެކަންކަނަ ކުރާ މީހާ ދައުވާ ކުރާ ގޮތުގައި އޭނާއަށް ޣައިބުގައިވާ ކލަންތައްތައް އެނގެއެވެ. ނަމަވެސް ޣައިބަކީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެކެވެ. 

ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ކާހިނެއްގެ ގާތަށް ގޮސް ނުވަތަ ފާލުބަލާ މީހެއްގެ ގާތަށް ގޮސް އެމީހާ ބުނާ އެއްޗެއް ތެދުކޮށްފި މީހާ ފަހެ، (އެމީހާ) މުޙައްމަދުގެފާނު (ޞޢވ)ގެ މައްޗަށް ބާވައިލެއްވެވި އެއްޗެއްސަށް ކާފިރުވެއްޖެއެވެ." 

މިއަދު އޮންލައިން