ވައްކަން ކުރުން ހުއްޓުވުމަށްޓަކައި ﷲ ބާވައިލެއްވި ޙައްދު ޤާއިމުކުރަން ފެށުމަށް ޝައިޚް މަންޞޫރު ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ވައްކަން ކުރުން ހުއްޓުވުމަށްޓަކައި ﷲ ބާވައިލެއްވި ޙައްދު ޤާއިމުކުރަން ފެށުމަށް ޝައިޚް މަންޞޫރު ގޮވާލައްވައިފި

ވައްކަން ކުރުން ހުއްޓުވޭނީ ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދު ޤާއިމުކޮށްގެންނެވެ. 

"ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ. ﷲ އީ، ޢަޒީޒް ވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ." (އަލްމާއިދަތު: 38) 

ވައްކަން ކުރާ މީހުންނަށް ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދަކީ މިއީއެވެ. މި ޙައްދު މިގޮތަށް ޤާއިމުނުކޮށް ވައްކަން ކުރުމެއް ނުހުއްޓުވޭނެއެވެ. 

އަމިއްލައަށް ޤާނޫނުތައް ހަދައި ވައްކަންކުރާ މީހުން އެކި މުއްދަތުތަކަށް ޖަލުގައި ބަންދުކުރުމުން ގެއްލިގެންދަނީ އެމީހާގެ ޙައްޤުތަކެވެ. އެކަންވަނީ ދައުލަތުގެ ބަޖެޓަށް ޚަރަދު ބޮޑު ކަމަކަށެވެ. އަދި ޖަލަށް ލުމަކުން މީހާ އިޞްލާޙެއް ވެސް ނުވެއެވެ. ޖަލަށް ލެވޭ މީހުންނާއި ވައްކަން ކުރާ މީހުންގެ ރެކޯޑްތަކަށް ބެލުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. 

ވައްކަންކުރުން މިދަނީ އިތުރުވަމުންނެވެ. މީހުންނަށް ބިރުދައްކައިގެން އޭޓީއެމުން ފައިސާ ނެންގުވުން ވެސް އެއީ ވެސް ވައްކަމެވެ. ތަންތަނުގައި ހުންނަ ބޮޑެތި ތިޖޫރީތައް ވަގަށް ނަގަނީއެވެ. ތިޖޫރީ ހޯދޭއިރު ފައިސާކޮޅު ފެންނަނީ މަދުފަހަރަކުއެވެ. ފައިސާ އުފުލާ ވެހިކަލްތައް ހުއްޓުވައި ވެހިކަލްތަކަށް ގެއްލުންދީގެން ވައްކަން ކުރުމުގެ މައްސަލަތައް މިދަނީ ކުރިމަތިވަމުންނެވެ. 

އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށް ބުނި ނަމަވެސް މުސްލިމުންގެ ސިފަތަކެއް ނެތެވެ. ޢަމަލުކުރަނީ އިސްލާމް ދީނުގައި އޮތް ގޮތަކަށް ނޫނެވެ. ޙުކުމް ކުރަނީ އިސްލާމް ދީނުގައި އޮތް ގޮތަކަށް ނޫނެވެ. ވީމާ ސައްތައިން ސައްތަ މުސްލިމް ޤައުމުގައި މީސްތަކުން އުޅެމުން މިދަނީ، ޙުކުމް ކުރަމުން ދަނީ އެހެން ބައަކު ނަމޫނާއަކަށް ބަލައިގަންނަން ކަމުދާ ގޮތަކަށް ނޫނެވެ. 

މިހާލަތުން މުޖުތަމައު ސަލާމަތްކުރަން ބޭނުންނަމަ، ވައްކަން ކުރުން ހުއްޓުވަން ބޭނުންނަމަ ކުރަން ޖެހޭ ކަމަކީ ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދު އެގޮތަށް ޤާއިމުކުރުމެވެ. 

- ޝައިޚް މުޙައްމަދު މަންޞޫރު މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން  

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން