ކެތްތެރިވުމުގެ އެންމެ މަތީ ދަރަޖަ އެނގެނީ ކިހާވަރަކަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކެތްތެރިވުމުގެ އެންމެ މަތީ ދަރަޖަ އެނގެނީ ކިހާވަރަކަށް؟

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އިސްލާމް ދީނުގައި ކެތްތެރިވުން އޮންނަނީ ބަލިމަޑުކަމާއި ތަދުމަޑުކަން ފަދަ މުޞީބާތްތަކަށް އެކަނި ކަމަށެވެ. ނަމަވެސް އެއީ ވެސް ކެތްތެރިކަމުގެ އެއް ބައެވެ. 

ކެތްތެރިކަމުގެ ދެވަނަ ދަރަޖައަކީ ޝައިޠާނާ ކިތަންމެ ވަރަކަށް ވަސްވާސް ދިން ނަމަވެސް ފާފައަކަށް އަރައި ނުގަނެ ކެތްތެރިވުމެވެ. ބައެއް ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި ފާފަކުރަން ފުރުޞަތު ލިބުމުން ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަ ނުކުރުމަކީ ކެތްތެރިކަމުގެ ހަމަ އެންމެ މަތީ ދަރަޖައިގައި ހިމެނޭ ކަމެކެވެ.  

ކެތްތެރިކަމުގެ 3 ވަނަ ދަރަޖަ ވެސް އެބައޮތެވެ. އެއީ އަޅުކަން ކުރުމުގައި ސާބިތުވުމެވެ. ކޮންމެ ފަދަ ދަތިހާލެއް ކުރިމަތިވި ނަމަވެސް އަޅުކަންކުރުން މަތީގައި ސާބިތުވެ ހުރުމެވެ. މިސާލަކަށް ބުނާ ނަމަ ދަމުނަމާދާއި ފަތިސް ނަމާދު ކުރުމަކީ ގިނަ ބައަކަށް ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. ޚާއްޞަކޮށް ފަތިސް ނަމާދު ޖަމާއަތުގައި ކުރުމެވެ.

ކެތްތެރިކަމާއިއެކު ކުރިމަތިލާށެވެ! ސާބިތުކަމާއިއެކު ދެމިހުންނާށެވެ! ކުރިމަތިވާ ހުރިހާ ހުރަސްތަކެއް ގިރާކުރާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ސާބިތުކަމާއިއެކު ދެމި ހުންނާށެވެ! އެއިރުން އެދެވެނީ ހަމަ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖައަށެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން