އެތީސްޓުންގެ ގޮތުގައި ތިބި އުމުރުން 34 އަހަރުގެ ނައިމަން އާއި 31 އަހަރުގެ ފްރޯޑް ދެމަފިރިންގެ 3 ދަރިން ގޮވައިގެން މިސްކިތަށް ދިއައީ އަވަށްޓެރިން ދިން ދައުވަތަކަށެވެ. ހަމަ އެކަނި ކީރިތި ޤްރުއާން ކިޔަވާ އަޑުއަހާލައި މިސްކިތުގެ މާހައުލުގައި ކަންކަން ހިނގާ ގޮތް ބަލައިލުމަށެވެ.
އެ ޢާއިލާއަށް މިސްކިތަށް ދެވުނު ދުވަހަކީ އިމާމް، ވަރަށް އަސަރުން ފުރިފައިވާ އާޔަތްތެކެއް ކިޔެވި ދުވަހެކެވެ. ކިޔަވަމުން ރޮމުން ކަރުނަ އަޅަމުން ކިޔެވި ދުވަހެކެވެ. 20 ވަރަކަށް މިނިޓް އިމާމް އެގޮތުގައި ކިޔެވިއެވެ. އެކަން ވެގެން ދިއައީ ނައިމަން އާއި ފްރޯޑް ގެ ޙަޔާތް ބަދަލުކޮށްލި ކަމަށެވެ.
ޢާއިލާ އެކުގައި އިސްލާމްވީއެވެ. މިއީ 2013 ވަނަ އަހަރު ނޯވޭގައި ހިނގާފައިވާ ކަމެކެވެ.
މިއީ ޙައިރާން ވާންޖެހޭ ކަމެއް ނޫނެވެ. ކީރިތި ޤްރުއާނަކީ މުޢްޖިޒާތެކެވެ. ދާއިމަށް ދިރި އޮންނާނެ މުޢްޖިޒާތެކެވެ. ދިރާސާ ކުރިވަރަކައް މޫތައް އިތުރުވެ ވަރުގަދަވާނެ މުޢްޖިޒާތެވެ.