އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ހޯދުމަށް ތިން ކުންފުންޏެއްގެ މައްޗަށް ދައުވާކުރަނީ!

ކިޔުމަށް ހޭދަވާނީ 59ސ
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ހޯދުމަށް ތިން ކުންފުންޏެއްގެ މައްޗަށް ދައުވާކުރަނީ!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތާއި ގުޅުންހުރި ފައިސާ ހޯދުމަށް ތިން ކުންފުންޏެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް އެމްއެމްޕީއާރްސީން ހާމަކޮށްފިއެވެ.

 

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، ޑޮލަރުގެ މުޢާމަލާތް ކުރުމުގެ ނަމުގައި އެކޯޕަރޭޝަނުން ތިން ކުންފުންޏަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި އެފައިސާތައް އަނބުރާ އެމްއެމްޕީއާރްސީ އަށް ހޯދުމަށް ޝަރީޢަތަށް ހުށަހަޅާފައިވާ ކަމަށް ވެސް ޠައްޔިބު ވިދާޅުވިއެވެ.

 

އެގޮތުން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 10.7 މިލިއަން ޑޮލަރު ހޯދުމަށާއި، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން 2.5 މިލއަިން ޑޮލަރު އަދި މޮންޓަލިއަން އިންޓަރނޭޝަންލް ޕްރައިވެޓް ލިމިޓެޑްއިން 1.47 މިލިއަން ޑޮލަރު ހޯދުމަށް ދައުވާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

 

"އެފައިސާ ހޯދުމަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ ބަންޑާރަ ނާއިބުގެ އެދުމުގެ މަތިން އެއީ ސީދާ މި ކުންފުންޏަށް ލިބެންޖެހޭ ފައިސާކަމަށް ވިދާޅުވެފައިވާތީ." ޠައްޔިބު ވިދާޅުވިއެވެ.

މިއަދު އޮންލައިން