މިޖަނަވާރު އުފެއްދެވި ﷲ، އިންސާނުން މިފަދަ ޖަނަވާރުންނަށް ބަދަލު ކުރެއްވެވުމަށްވެސް ހަމަ ކުޅަދުންވަންތައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މިޖަނަވާރު އުފެއްދެވި ﷲ، އިންސާނުން މިފަދަ ޖަނަވާރުންނަށް ބަދަލު ކުރެއްވެވުމަށްވެސް ހަމަ ކުޅަދުންވަންތައެވެ!

ޚަބަރުގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވާ ޖަނަވާރަކީ އިންސާނުންނާއި ވަރަށް އެއްގޮތް ސިފަތަކެއް ލިބިފައިވާ ޖަނަވާރެކެވެ. ނަމަވެސް އުޅެނީ 4 މޮއްގަނޑު ޖަހައިގެން ރާމާ މަކުނުފަދައިންނެވެ. ދިގު ނިގުލެއްވެސް އޮވެއެވެ. 

މިއީ ޑިސްކަވަރީ ޗެނެލްގެ ޓީމުން މެކްސިކޯއިން ހޯދާފައިވާ ޖަނަވާރެކެވެ. ދިރި ހުރި މިފަދަ ޖަނަވާރެއްގެ ޙަރަކާތްތައްވެސް އެޓީމުން ވަނީ ވީޑިއޯކޮށްފައެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާއަށް އެއްވެސް ބިރެއް ނެތި މީސްތަކުން ދުނިޔޭގައި އުޅެމުން ގެންދާއިރު ވިސްނައިލަންވީ މިޖަނަވާރު އުފެއްދެވީ ހަމަ އަހަރެމެން ހުރިހާ އިންސާނުންނާއި އެހެންވެސް މަޚްލޫޤުންތައް އުފެއްދެވި ﷲ ތަޢާލާ ކަމެވެ. އަދި އިންސާނުން މިފަދަ ޖަނަވާރުތަކަށް ބަދަލުކުރެއްވެވުމުގެ ކުޅަދުންވަންތަކަން ވެސް ﷲ ތަޢާލާއަށް ލިބިވޮޑިގެންވާ ކަމެވެ. 

މިފަދަ ކަންކަން ދެއްކެވުމުން އެކަމަށް ވިސްނާށެވެ! ޢިބްރަތް ޙާޞިލުކުރާށެވެ! ބިރުވެތިވާށެވެ! ތައުބާވާށެވެ! ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

ކީރިތި ޤްރުއާނުގެ މި 2 އާޔަތުން ޢިބްރަތް ޙާޞިލުކުރާށެވެ! 

"އަދި ތިއަބައިމީހުންގެ ތެރެއިން، ހޮނިހިރުދުވަހާމެދު (ދެކޮޅުވެރިވެ، ނުކިޔަމަންތެރިވުމުގައި) ހައްދުފަހަނަޅައިދިއަ މީހުންގެ ވާހަކަ، ތިޔަބައިމީހުންނަށް އެނގިފައިވާކަން ކަށަވަރެވެ. ފަހެ، ތިމަންރަސްކަލާނގެ، އެއުރެންނަށް އެންގެވީމެވެ. ތިއަބައިމީހުން ދެރަވެ، ނިކަމެތި ވެގެންވާ ރާމާމަކުނުތަކަކަށް ވާށެވެ" (ބަޤަރާ: 65) 

"ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ގެ ޙަމްރަތުގައި ޖަޒާދެއްވުމުގެ ގޮތުން އެއަށްވުރެ ނުބައިބަޔެއްގެ ވާހަކަ ތިއަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައި ދެއްވަންހެއްޔެވެ؟ އެއުރެންނީ، ﷲ އެބައަކަށް ލައްނަތްލައްވަވައި، އަދި އެބައެއްގެ މައްޗަށް ކޯފާލައްވަވައި އެބައެއްގެ ތެރެއިން ބައަކު ރާމާމަކުނުކަމުގައްޔާއި، އޫރުކަމުގައި ލައްވަވައި، އަދި އަނެއްބައަކު ޝައިޠާނާއަށް އަޅުކަންކުރާ މީހުން ކަމުގައިލެއްވެވި މީހުންނެވެ. އެއުރެންނީ (ޤިޔާމަތް ދުވަހުން) ތިބޭނެ ތަނުގެގޮތުން ނުބައިކަން ބޮޑުވެގެންވާ ބައެކެވެ. އަދި ހަމަ މަގުން އެއްކިބާވެ މަގުފުރެދުން ބޮޑު ބައެކެވެ." (އަލްމާއިދާ: 60)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން