ތަޤްވާވެރިވާން އެދޭ މީހާ ތަޤްވާގެ މާނަ ދަސްކުރަން ޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތަޤްވާވެރިވާން އެދޭ މީހާ ތަޤްވާގެ މާނަ ދަސްކުރަން ޖެހޭނެ!: މުފްތީ މެންކް

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު މީހަކީ ތަޤްވާވެރިކަމުގައި އެންމެ ކުރިއަރާފައިވާ މީހާއެވެ. އެހެންކަމުން އެމިހަކީ ކާކުތޯ ބަލަން ގިނަ ބައަކު މަސައްކަތްކުރެއެވެ. ވީމާ ތަޤްވާވެރިކަމުގެ މާނައަށް ބަލައިލަމާ ހެއްޔެވެ؟ 

ތަޤްވާވެރިކަމުގެ ފުރަތަމަ މާނައަކީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ގިނަ ބައަކު ނަގާނީ ވެސް މިމާނައެވެ. ހަމައެއާއިއެކު ﷲ ތަޢާލާ އާއިމެދު ކަންބޮޑުވުމަކީ ވެސް ހަމަ ތަޤްވާވެރިކަމެވެ. އަދި ﷲ ތައާލާ އާއިމެދު ކަންބޮޑުވުމުގެ މާނައަށް ބަލައިފިނަމަ ބިރުވެތިވުމުގެ މާނައަށްވުރެ ފުޅައުކަން މާބޮޑެވެ. މީގެ އިތުރުން ބައެއް ޢިލްމްވެރިން ތަޤްވާގެ މާނައެއް ކަމަށް ބަޔާން ކުރައްވަވަނީ ތިމާ އާއި ﷲ ތަޢާލާގެ ޢަޛާބާއި ދެމެދުގައި ލެވޭ ހުރަހެއްގެ ގޮތުގައެވެ. ހަމައެއާއިއެކު އަހަރެމެން މިކޔާ ޞާލިޙް ކަމަކީވެސް ތަޤްވާވެރިކަމުގެ މާނައިގައި ހިމެނޭ ސިފައެކެވެ. 

މިހުރިހާ މާނަތަކަށް ބެލިނަމަވެސް ތަޤްވާވެރިކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިވެގެންނެވެ. ކުރުމަށް އަމުރުކުރައްވާފައި ހުރި ހުރިހާ ކަންކަން ކުރުމާއިއެކު އެކަމަކާއި ދުރުހެލިވުމަށް އަމުރުފުޅު ކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވެގެންނެވެ. އެގޮތުގައި ސާބިތުވެ ހުންނަ މީހާގެ ތަޤްވާވެރިކަން ދާނީ އިތުރުވަމުންނެވެ. 

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެމީހާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު މީހަކަށްވުމަށެވެ. އެކަން ޙާޞިލުކުރެވެން އޮތީ ތަޤްވާވެރިކަން އިތުރުކުރި ވަރަކުންނެވެ. ވީމާ ތަޤްވާވެރިކަމުގެ ފުރިހަމަ މާނަ ދަސްކުރަން އެބަޖެހެއެވެ. އަދި ތަޤްވާވެރިކަން އިތުރުވާނެ ގޮތްތަކަށް ޢަމަލުކުރަންވެސް އެނަޖެހެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން