12:04: ޖަލު ބަންދުގައި ހުރި އިރު ސައިކޮލޮޖިކަލް އިފެކްޓްސް އައިކަމަށް އަދީބު ވިދާޅުވި ކަމަށާއި އެހެންކަމުން މިއަދު ހުރީ ނަފްސާނީ ގޮތުން ރަނގަޅަށްތޯ ދިފާއީ ވަކީލުން އަދީބާއި ސުވާލު ކުރި
12:05: އަދީބު ވިދާޅުވީ ދެއްކި ވާހަކަތައް އޮޅުވާލައިގެން ދައްކަމުންދާ ކަމަށް. އަދީބު ވިދާޅުވީ ސައިކޮލޮޖިކަލް އިފެކްޓްސް އައުމަކީ މީހަކު ދުނިޔެއިން މޮޔަވުން ކަމަށް އެއްވެސް ޑޮކްޓަރަކު ބުނެފައި ނުވާނެ ކަމަށް.
12:07: އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާނެ، ހެކިބަސް ދޭތީ ވަރަށް އިންޒާރު ލިބެމުންދޭ، ޖަލުގައި މަރާލާނެ ކަމަށް ނުވަތަ ވިހަ ދޭނެ ކަމަށް ބުނެ އިންޒާރު ލިބެމުންދާ މައްސަލަތައްކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރަމުންދާ ކަމަށް އަދީބު ވިދާޅުވި
12:08: އެއްބަސްވުމެއް އޮއްވާ، ޓަގް ބޯޓުގައި ފިލި މައްސަލާގައި ސުވާލުކުރެއްވުމުން ގާޒީ ހައިލަމް އެކަން ހުއްޓުވައިފި
12:10: ރައީސް ޔާމީން އަދީބާއި ސުވާލު ކުރައްވަނީ
12:10: އަނިޔާވެރި ސަރުކާރެއްގަ އަނިޔާ ލިބުން ކަމަށް އަދީބު ވިދާޅުވުމުން ޔާމީން އެއްސެވީ ހިތުގައި އެއްވެސް ބުރަކަމެއް ވޭތޯ، ޖަވާބުގައި އަދީބު ވިދާޅުވީ އެއްވެސް ހިތްބުރަކަމެއް އެއްވެސް ފަރާތަކަށް އަދި ރައީސް ޔާމީނަށް ވެސް ނެތް ކަމަށް.
12:12: ކެމްޕޭން ފައިސާ ނޫން ގޮތުގައި ސަރުކާރަށް ހެޔޮ އެދޭ ފަރާތްތަކުން އެއްވެސް ފައިސާއެއް ދީފައި ހުންނާނެތޯ ސުވާލުކުރެއްވުމުން އަދީބު ވިދާޅުވީ ނުހުންނާނެ ކަމަށް
12:14: އަދީބު ވިދާޅުވަނީ އެމްއެމްޕީއާރްސީއާ ގުޅޭ ހުރިހާ ކަމެއް ކުރުމަށް އޯޑަރު ދެއްވަނީ ރައީސް ޔާމީން ކަމަށް، އެހެންވެ ގާނޫނާއި ހިލާފަށް ކަންކަން ކުރެއްވުމަށް ޔާމީން އަމުރު ކުރެއްވުމުން އެކަންކަން ކުރައްވާފައި ވާނެ ކަމަށް އަދީބު އިއުތިރާފްވެވަޑައިގެންނެވި
12:20: އެސްއޯއެފަށް އެއްވެސް ކެމްޕޭން ފައިސާއެއް ވަދެފައި ނުވާނެ ކަމަށް އަދީބު ވިދާޅުވި
12:22: އަދީބު ގެންދަވަނީ ކޮން ކެމްޕޭނު ފައިސާ އެއްތޯ ކިހިނެއް ކޮންތާކުންތޯ ލިބުނު ފައިސާއެއް ތޯ ސުވާލުކުރައްވަމުން. ރައީސް ޔާމީން ވިދާޅުވީ އެ ހުރިހާ މައުލޫމާތެއް އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވާނެ ކަމަށް
12:24: ޕީޕީއެމާ ގުޅުން ހުރި އެއްވެސް ފައިސާއެއް އެސްއޯއެފްގެ އަތުގައި ނުހުންނާނެ ކަމަށާއި އެއް މިލިއަން ޑޮލަރު އެމީހުން ޖަމާކުރީ ސީދާ ޔާމީނުގެ އޯޑަރަށް ކަމަށް އަދީބު ވިދާޅުވި. އެކަމަކު ރައީސް ޔާމީން ވިދާޅުވަނީ އެމަނިކުފާނާ އެސްއޯއެފާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް.