ދައުލަތުގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް ނަގާ ނިމިއްޖެއެވެ.
ދެން މިމައްސަލައިގެ މިއަދުގެ އަޑުއެހުމުން ކުރިއަށް ދިޔުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 14:30 ގައެވެ. އެއީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އެހެން ހެކިވެރިއަކާއި ސުވާލު ކުރުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޕީޕީއެމާ ގުޅުން ހުރި އެއްވެސް ފައިސާއެއް އެސްއޯއެފްގެ އަތުގައި ނުހުންނާނެ ކަމަށާއި އެއް މިލިއަން ޑޮލަރު އެމީހުން ޖަމާކުރީ ސީދާ ޔާމީނުގެ އޯޑަރަށް ކަމަށް އަދީބު ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވަނީ އެމަނިކުފާނާ އެސްއޯއެފާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
މިއަދުގެ ތިންވަނަ ހެކިވެރިއެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވަނީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އެވެ.