ޤައުމުގެ ވެރިކަމާ ފަނޑިޔާރުކަން އަންހެނުންނަށްވެސް ކުރެވެން ޖެހޭނެކަމަށް ދަޢުވާކުރާ މީހާ އެވަނީ ﷲ ގެ ޝަރީޢަތަށް ކާފަރުވެފަ!: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޤައުމުގެ ވެރިކަމާ ފަނޑިޔާރުކަން އަންހެނުންނަށްވެސް ކުރެވެން ޖެހޭނެކަމަށް ދަޢުވާކުރާ މީހާ އެވަނީ ﷲ ގެ ޝަރީޢަތަށް ކާފަރުވެފަ!: ޝައިޚް އާދަމް ނިޝާން

الحمد لله والصلاة والسلام على رسول الله.

އިސްލާމީ ޤައުމެއްގެ ވެރިއަކަށް ނުވަތަ ޤާޟީއަކަށް ނުވަތަ މިނޫންވެސް މިފަދަ އެންމެ މަތީ މަޤާމުތަކަށް އަންހެނަކު އިސްކުރުމަކީ، ޤުރްއާނާއި ސުންނަތުގެ ދަލީލުތަކުން އެއްވެސް އޮޅުމެއްނެތި ފެންނަންއޮތް ކަނޑައެޅިގެން ޙަރާމްކަމެކެވެ. 

ﷲ ތަޢާލާ އަންހެން ފިރިހެން ދެޖިންސު ތަފާތުކޮށް ހައްދަވައި ކޮންމެ ބަޔަކަށްވެސް އެބަޔަކާއި ގުޅޭނެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ހަވާލުކުރައްވައި ޙުކުމްތައް ކަނޑައެޅުއްވިއެވެ.

އެގޮތުން އަންހެނުންނަށް މީސްތަކުންގެ މައްޗަށް އިމާމްވެ ހުކުރު ނަމާދާއި ޢީދު ނަމާދާއި އެނޫންވެސް ފަރުޟު ނަމާދުތައްވެސް ކުރުން ހުއްދަކުރައްވާފައި ނުވުމާއި، ހެކިބަސްދިނުމާއި ޤަބޫލުކުރުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުކަމާއި، އަންހެނުންނަށް ކައިވެނިކުރުމުގައި މަޙްރަމުންގެ ތެރެއިން ވަލީ އަރާ ފިރިހެނެއްގެ ވަލީއާއި ނުލާ ކައިވެނި ޞައްޙަ ނުވުމާއި، ވަރިކުރުމުގެ ބާރު ފިރިހެނުންނާ އެއްފަދައިން ދެއްވާފައި ނުވުމާއި މިނޫންވެސް މިފަދަ އެތައް ޙުކުމްފުޅުތަކެއް މިއީ މިއަދާއި ހިސާބަށްވެސް އެއްވެސް މުސްލިމަކަށް އޮޅިފައި ހުރި ޙުކުމްތަކެއް ނޫނެވެ. 

އެހެންކަމުން މިފަދަ ކަންކަން ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ކުރެވެން ޖެހޭނެކަމަށް ޤަބޫލުކޮށް ދަޢުވާކުރާ މީހާ އެވަނީ ﷲ ގެ ޝަރީޢަތަށް ކާފަރުވެފައެވެ.

 

- ޝައިޚް އާދަމް ނިޝާން

މިއަދު އޮންލައިން