ތިމާވެސް މަރުވާނެކަން ޤަބޫލުކުރާކަމަށް ދުލުން ބުނި ނަމަވެސް މަރުވާނެކަން ޤަބޫލު ނުކުރާ މީހުންނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ތިމާވެސް މަރުވާނެކަން ޤަބޫލުކުރާކަމަށް ދުލުން ބުނި ނަމަވެސް މަރުވާނެކަން ޤަބޫލު ނުކުރާ މީހުންނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

ތިމާވެސް މަރުވާނެކަމަށް ދުލުން ބުނި ނަމަވެސް މަރުވާނެކަން ޤަބޫލު ނުކުރާ މީހުންވަރަށް ގިނަ ވެއްޖެއެވެ. އެފަދަ މީހުންނަކީ ކޮބައިކަން ދެނެގަންނަން އެނގޭ ހެއްޔެވެ؟ އެއީ ކުރަން މާ އުނދަގޫ ކަމެއް ނޫނެވެ. 

މިސްކިތް ކައިރީ މަޑުކޮށްލާށެވެ! ނުވަތަ މިސްކިތުގެ ސީސީޓީވީ ފުޓޭޖް ބަލައިލާށެވެ! ހަމައެކަނި ހުކުރު ނަމާދާއި ޢީދު ނަމާދަށް މިސްކިތަށް އަރާ ބައަކު އުޅޭނެއެވެ. އެއީ ތިމާވެސް މަރުވާނެ ކަމަށް ޤަބޫލުކުރާ ކަމަށް ދުލުން ބުނި ނަމަވެސް މަރުވާނެ ކަމަށް ހިތުގެ އަޑިން ޤަބޫލުނުކުރާ މީހުންނެވެ. 

މިފަދަ މީހުން ދެނެގަންނަން ދުނިޔޭގައި ކޮންމެވެސް ވަރެއްގެ ތަކްލީފްތަކެއް އުފުލަން ޖެހިދާނެއެވެ. ސީސީޓީވީ ފުޓޭޖް ބެލުން ފަދަ ކަންކަން ކުރަން ޖެހޭނެތީއެވެ. ނަމަވެސް ފަރުޟު 5 ނަމާދަށް އިހްމާލްވީ މީހުން ޤިޔާމަތް ދުވަހު ދެނެގަތުމަކީ އެއްވެސް އުނދަގޫކަމަކަށް ނުވާނެއެވެ. އެގޮތަށް ބުނަން ޖެހެނީ ކޮންމެ މީހެއްގެ ހިސާބު ބެއްލެވުމުގައިވެސް ފުރަތަމަ ބައްލަވާނީ ނަމާދަށް ކަމުގައިވާތީއެވެ. 

މީސްތަކުންނޭވެ! ނަމާދު ނުކޮށް ޣާފިލުކަންމަތީގައި ތިއަ ތިބެނީ މަރަށް ބިރު ނުގަނެވޭތީއެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެކަންވެސް ޤަބޫލު ނުކުރެވޭތީއެވެ. ވީމާ ފުރުޞަތު އޮއްވައި ދުލުން ތިއަ ބުނާ ބަހާއި އަމަލު ދިމާކުރަން މަސައްކަތްކުރާށެވެ.  ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ޤަބޫލުކުރާށކަން އަމަލުން ދައްކާށެވެ! ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާކޮށް ތިބާގެ ފަތުގައި ލިޔުއްވަން ގަދައަޅައި މަސައްކަތްކުރާށެވެ! ލިޔުވަން ކުރަން ޖެހޭ ކަމަކީ ނަމާދުކުރުމެވެ. ކޮށްފިނަމަ ލިޔުއްވަވާނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން