"އިސްލާމް ދީނުގައި ފިރިހެނުންނަށް ހުއްދަ ނޫން، އަންހެނުންނަށް ހުއްދަ އެތައް ކަމެއް އެބަވެއެވެ. އެކަންކަމާއިގެން އެއްވެސް ފިރިހެނަކު ރޮއި ހަދާތަނެއް ނުފެނެއެވެ. އަދި އެކަންކަން ހޯދައިދޭން އެއްވެސް އަންހެނަކު އުޅޭތަނެއްވެސް ނުފެނެއެވެ." --ޝައިޚް ޒަމްޒަމް ފާރިޝް
ޝައިޚް މިފަދައިން ވިދާޅުވެފައިވާއިރު އަންހެނަކު އަމިއްލައަށް ލޯބި ހުށަހަޅައިގެން ކައިވެނި ކުރި ނަމަވެސް ރަން ވެސް ދޭން ޖެހެނީ ފިރިމީހާއަށްކަން ފާހަގަކުރެވެއެވެ. ޢާއިލާއަށް ހުރިހާ ޚަރަދުތަކެއް ކުރުމުގެ މަސްއޫލިއްޔަތުވެސް ޙަވާލުކުރައްވަވާފައިވަނީ ފިރިހެނުންނާއިއެވެ. އަނބިމީހާގެ ކިބައިގައި ކިތަންމެ ބޮޑު ތަނަވަސްކަމެއް ހުރި ނަމަވެސް ޢާއިލާއަށް އެއްވެސް ޚަރަދެއް ކުރުން ލާޒިމެއް ނޫނެވެ.
ދިނީ ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި އަންހެނުންނާއި ފިރިހެނުންގެ މަސްއޫލިއްޔަތުތައް ﷲ ތަޢާލާ ކަނޑއަޅުއްވަވާފައިވަނީ އަންހެނުންނާއި ފިރިހެނުންނަށް އަދި މުޅި އިންސާނިއްޔަތަށް އެންމެ ފައިދާކުރާނެ ގޮތަށް ކަމަށެވެ. ﷲ ތަޢާލާ އީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާ އަދި ޣައިބު ދެނެވޮޑިގެންވާ އިލާހް ކަމުގައި ވުމުން ކޮންމެ ކަމެއްގައިވެސް އެންމެ މޮޅު ގޮތް ދެނެވޮޑިގެން ވަނީ ﷲ ތަޢާލާއެވެ.
Islam dheenugai firihenunnah huddha noon , ekamaku anhenunnah huddha ethah kameh eba ve eve.
— ZamZamFarish - زمزم (@ZamZamFarish) August 26, 2019
Ekankan nagaigen evves firihenaku roehadhaa thaneh nufene eve.
Ekankan hoadhadheyn evves anhenaku ulheythaneh ves nufene eve.