ﷲ އެންގެވި ގޮތަށްވުރެ މޮޅު ގޮތެއް ނުހޯދޭނެ: ޑރ. އިޔާޟް

ކިޔުމަށް ހޭދަވާނީ 1މ 16ސ
ﷲ އެންގެވި ގޮތަށްވުރެ މޮޅު ގޮތެއް ނުހޯދޭނެ: ޑރ. އިޔާޟް

އެއްވެސް ކަމެއްގައި އަމަލުކުރަން ﷲ ތަޢާލާ އަނގްވާފައިވާ ގޮތަށްވުރެ މޮޅު ގޮތެއް ނުހޯދޭނެ އެވެ. ވަކި ގޮތަކަށް ކަންތައް ކުރަން ﷲ ތަޢާލާ އަންގަވާފައިވީ ނަމަވެސް ތިމާމެން ބުނާ ގޮތް އެއީ މާރަނގަޅު ގޮތް ކަމުގައި ބުނާ މީހުންނަށް ވެގެން އުޅޭ ގޮތް މިއާޔަތުން ވަރަށް ސާފުވެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

"ފަހެ، އެމީހެއްގެ ނުބައި ޢަމަލް، އެމީހަކަށް ޒީނަތްތެރިކުރެވި އަދި އެއީ ރަނގަޅު ޢަމަލު ކަމުގައި ދެކެފި މީހާ (ތެދުމަގު ލިބުނުމީހާއާ އެއްފަދަހެއްޔެވެ؟) ފަހެ، ހަމަށަވަރުން، ﷲ، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. ފަހެ، އެއުރެންގެ މައްޗަށް ހިތާމަކުރެއްވުމުގައި، ކަލޭގެފާނުގެ ނަފްސް ހަލާކުވިއަނުދެއްވާށެވެ! ހަމަކަށަވަރުން، اﷲ އީ، އެއުރެން ކުރާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްފާޠިރު: 8) 

ޑރ. އިޔާޟް ވަނީ ގިނަ ޤައުމުތަކުގައި އަމަލު ކުރާ ގޮތް އެއީ ޙުއްޖަތެއް ކަމަށް ދައްކަންކަން އުޅޭ މީހުންނަށްވެސް ކަމުގެ ޙަޤީޤަތް ހާމަކޮށްދެއްވައިފައެވެ. އަމިއްލަފުޅު ރައުޔަކުން ނޫނެވެ. އަލްއަންޢާމް ސޫރަތުގެ 116 ވަނަ އާޔަތުންނެވެ. 

"އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ ތަބަޢައެއް ނުވެތެވެ. އަދި ދޮގުހަދާ ބައަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ."

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިއަދު އޮންލައިން