ރ. މަޑުއްވަރީ އާއި ހއ. އިހަވަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވން ތަކުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.
މަޑުއްވަރީ ބަނދަރުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 68.6 މިލިއަން ރުފިޔާ އަށެވެ. އަދި އިހަވަންދޫގެ ބަނދަރުގެ މަޝްރޫއު ހަވާލުކުރީ 51.7 މިލިއަން ރުފިޔާ އަށެވެ.
ހއ އިހަވަންދޫ އައު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އާއެކު ސޮއެކުރުން
— Ministry of National Planning and Infrastructure (@PlanningMV) August 26, 2019
400 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރާ މިމަޝްރޫޢުއަށް 51,725,810.09 ރުިފޔާ ހަރަދުވާނެ pic.twitter.com/sMgBsnEoQt