އަދީބް ފިލި މައްސަލައިގަ ދައުވާ އުފުލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
އަދީބް ފިލި މައްސަލައިގަ ދައުވާ އުފުލައިފި

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓު ހިފަހައްޓާފައި އޮއްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ޓަގެއްގައި އިންޑިއާގެ ސޫތުކުޅިއަށް ފިއްލެވި މައްސަަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދައުވާކޮށްފިއެވެ. 

އަދީބުގެ މައްޗަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އުފުލާފައިވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

"ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިޔާގެ ޓުޓިކޮރިންއަށް އެތެރެވާން އުޅެނިކޮށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން އަދީބު ހިފެހެއްޓީ މި މަހުގެ އެއްވަނަ ދުވަހުގައެވެ.

މި ޓަގުގައި އަދީބު ފިއްލެވި މައްސަލައިގައި ހައްޔަރުކޮށް، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ވަނީ ބަންދުކޮށްފައެވެ.

 

މިއަދު އޮންލައިން