ސަލާމް ބަލައި ނުގަތުމަކީ ޤްރުއާނަށް ނުކިޔަމަންތެރިވުން! - ފާފަވެރިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ސަލާމް ބަލައި ނުގަތުމަކީ ޤްރުއާނަށް ނުކިޔަމަންތެރިވުން! - ފާފަވެރިވާނެ!

ރަހިމުގެ ގުޅުން ކަނޑައި ވާހަކަ ނުދައްކައި ހުންނާތީ އޭނާ އާއި ވާހަކަ ދައްކަން ވަރަށް މަސައްކަތްކޮށްފީމެވެ. ނަމަވެސް ވާހަކަ ދެއްކޭނެ އެއްވެސް މަގެއް ނުދެއްކިއެވެ. ކުރިމައްޗަށް އަރައި ވާހަކަ ދެއްކުމުންވެސް އޭނާ ވާހަކައެއް ނުދެއްކިއެވެ. އެހާލަތުގައި އަޅުގަނޑު ވެސް ފާފަވެރިވާނެތޯއެވެ؟ 

ޖަވާބު: ފާފަވެރިވާނީ ވާހަކަ ނުދެއްކި މީހާއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގެނީ ފާފަވެރިވާނީ ވާހަކަ ދައްކަން އިންކާރުކުރި މީހާ ކަމެވެ. ސަލާމްކުރަން އިންކާރުކުރި މީހާ ކަމެވެ. 

"ތިއަބައިމީހުންނަށް އެއްވެސްކަހަލަ ސަލާމަކުން ސަލާމް ކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން  ތިއަބައިމީހުން ސަލާމް ކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ  ވޮޑިގެންވެއެވެ." (ނިސާ: 80)

ސަލާމް ކުރުމުން ޖަވާބުގައި ސަލާމްކުރަން ޖެހޭނެ ކަން މިހައި ސާފު ޢިބާރާތުން އެނގެން އޮތްއިރު ސަލާމް ކުރުމުންވެސް ޖަވާބު ނުދިނުން ވާނެ ގޮތް ހަމަ އެންމެންނަށްވެސް އެނގޭނެއެވެ. 

މިއަދަކީ ވެސް ބަރަކާތްތެރި ހުކުރު ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. މިއަދަކީ މިފަދަ މައްސަލަތައް ޙައްލުކުރުމުގެ ދުވަހަކަށް ހަދަމާތޯއެވެ؟ އެކަކު އަނެކަކަށް ހިތް ސާފުކޮށް މާފުކުރުމުގެ ދުވަހަކަށް ހަދަމާތޯއެވެ! ހެޔޮކަން ބޮޑުވެގެންވަނީ ހިތް ސާފުކޮށް ފުރަތަމަ ސަލާމް ކުރި މީހާއެވެ. 

ސަލާމް ކުރަންވީ ހަމައެކަނި ޢާއިލާގެ މީހުންނަކަށް ނޫނީ ރައްޓެހިންނަކާއެއް ވެސް ނޫނެވެ. ބައްދަލުވިހައި މީހަކާއިއެވެ. 

"އެންމެ ހެޔޮ ޢަމަލަކީ ކޮބައިތޯ؟" ރަސޫލް (ޞޢވ) އަށް ސުވާލު ދެންނެވުމުން ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. މީސްތަކުންނަށް ކާން ދިނުމާއި ދަންނަ މީހުން ކަމުގައިވީ ނަމަވެސް އަދި ނުދަންނަ މީހުން ކަމުގައިވީ ނަމަވެސް އެންމެންނާއި ސަލާމް ކުރާ މިހާއެވެ." (ރިޔާޟުއްޞާލިޙީން)

 

 

 

މިއަދު އޮންލައިން