އާޝޫރާ ދުވަހުގެ ރޯދަ: ފާއިތުވި އަހަރުގެ ފާފަތައް ފުއްސަވައި ދެއްވަވާ ރޯދައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އާޝޫރާ ދުވަހުގެ ރޯދަ: ފާއިތުވި އަހަރުގެ ފާފަތައް ފުއްސަވައި ދެއްވަވާ ރޯދައެއް!

އާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. އާޝޫރާ ދުވަހު ރޯދަ ހިފައިފިނަމަ އެމީހަކަށް ފާއިތުވި އަހަރު ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށް އުންމީދު ކުރައްވަވާ ކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. މުޙައްރަމް މަހުގެ 9 ވަނަ ދުވަހަށް ތާސޫރާ ދުވަސްވެސް ކިޔައެވެ.  

އާޝޫރާ ދުވަހު ރޯދަ ހިފަން އެދޭ މީހާ މުހައްރަމް މަހުގެ 10 ވަނަ ދުވަހުގެ އިތުރުން އެދުވަހުގެ ކުރިއަށް އޮތް 9 ވަނަ ދުވަހު ނުވަތަ ޖެހިގެން އަންނަ 11 ވަނަ ދުވަހު ރޯދި ހިފުންވެސް ސުންނަތްވެގެންވެއެވެ. މާނައަކީ ފަހަތަށް ނުވަތަ ކުރިއަށް ނަމަވެސް އެއް ދުވަސް އިތުރުކޮށް 2 ދުވަހު ރޯދަ ހިފުމެވެ.  

ރަސޫލް (ޞޢވ) މަދިނާއަށް ހިޖުރަ ކުރެއްވެވުމަށްފަހު ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އެހެންކަމުން އެއީ ސުންނަތްކަން ގަދަވެގެންވާ ރޯދައެކެވެ.  

މުޙައްރަމް މަހުގެ 10 ވަނަ ދުވަސް މިއަހަރު ދިމާވަނީ ސެޕްޓެމްބަރު މަހުގެ 9 ވާ ހޯމަ ދުވަހަށެވެ. އާދީއްތަ ދުވަހާއި ހޯމަ ދުވަހު ނުވަތަ ހޯމަ ދުވަހާއި އަނގާރަ ދުވަހު ރޯދަ ހިފަން މިހާރުން ފެށިގެން ތައްޔާރުވުން ކިތަންމެހައިވެސް މުހިންމުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން