ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން 5 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 31ސ
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން 5 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފި

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވަސް އިން ތައާރަފްކުރި އަހަރެމެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ދެވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވައިފިއެވެ.  

މި 5 ޕްރޮޖެކްޓަކީ:

- ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ–- ބ.ކިހާދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމްކުރުން

- ފޭދޫ އެންވާރރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަން –- އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ށ. ފޭދޫގެ ރައްޔިތުންނަށް ބިއްލޫރި ފުޅި ހަދިޔާކުރުން

- ކޮޅުފުށީ އެކުވެރި ކްލަބް - މ. ކޮޅުފުށީ ސްކޫލް ސަރަހައްދު ގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުން

- ފަރީދާ އިބްރާހިމް - ސ.ހުޅުދޫގެ ރާފަޅާ ގޮނޑުދޮށް ސަރަހައްދު ގައި ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުން

- އަބޫބަކުރު އަލީ ފައުންޑޭޝަން –- ކ. ގާފަރުގެ ސެން ކްލާސްރޫމް ތަރައްގީކުރުން   

"ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށް ދިނުން. މި ގޮތުން ފާއިތުވި އަހަރު ތެރޭގައިވެސް މުޅި ރާއްޖެ ޝަމިލްވާ ގޮތަށް މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން 110 ޕްރޮޖެކްޓް ވަނީ ކާމިޔާބު ކަމާއެކު ކުރިޔަށްގެންދެވިފަ.  މި އަހަރު އިފްތިތާހުކުރެވުނު ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް  މިވަނީ އިތުރުވެގެން ގޮސްފަ. އަދި މި ފަންޑުގެ ފުރަތަމަ ކުއާޓަރގައި ހޮވުނު ފަރާޓްތަކުން މިވަނީ ފަސްރަށެއްގައި ވަރަށް ކާމިޔާބުކަމާއެކީ މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގާފަ. " ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ. 

މުޖުތަމައަށް އަމާޒުކޮށް ހިންގުމަށް ގަސްދުކުރާ ހަރަކާތްތައް، ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު  މިއަދުން ފެށިގެން މިއަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ، އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.

 

މިއަދު އޮންލައިން