"މުޙައްރަމް މަހު ވީހައި ގިނައިން ރޯދަ ހިފުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލް (ޞޢވ) ޙަދީޘް ކުރައްވަވާފައިވެއެވެ. "ރަމަޟާން މަހުގެ ރޯދައަށްފަހު އެންމެ ހެޔޮކަން ބޮޑީ މުޙައްރަމް މަހު ހިފާ ރޯދައެވެ. ފަހު ނަމާދަށްފަހު އެންމެ ހެޔޮކަންބޮޑީ ރޭގަނޑު ކުރެވޭ ނަމާދެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ހިޖުރީ އައު އަހަރު ފެށުމުން އެކަކު އަނެކަކަށް ތަހުނިޔާގެ މެސެޖުތައް އެބަ ފޮނުވަމުއެވެ. އެކަމުން އެނގެނީ މުޙައްރަމް މަސް ލައިގަނެ ހިޖުރީ އައު އަހަރު ފެށިއްޖެކަން އެންމެންނަށްވެސް އެނގިއްޖެ ކަމެވެ.
މުޙައްރަމް މަސް ލައިގެންފިކަން އެނގުނު ފަދައިން އެމަހުގެ ދުވަސްތަކަކީ ރަމަޟާން މަހަށްފަހު ރޯދަހިފުން އެންމެ ހެޔޮކަން ބޮޑު ދުވަސްތައްކަން އެނގުންވެސް ކީއްތޯއެވެ؟ އެކަމަށްޓަކައި ވީހައި ގިނައިން މުޙައްރަމް ރޯދަ ހިފުން ކީއްތޯއެވެ؟ އެންމެ ކުޑަމިނުން އާޝޫރާ ދުވަހާއި ހޯމަ ބުރާސްފަތި، 13،14 15 3 ދުވަހު ރޯދަ ހިފިނަމަވެސް މަހުގައި 11 ދުވަހު ރޮދަ ހިފޭނެއެވެ. އާޝޫރާ މިމަހު ދިމާވަނީ ހޯމަ ދުވަހަކަށެވެ. ނަމަވެސް އެއް ދުވަހު ވިދިގެން ރޯދަ ހިފުމުން މި ގޮތަށް ހިފައިފިނަމަ ސުންނަތް 12 ރޯދަ ހިފޭނެއެވެ.
މުޙައްރަމް މަހުގެ 13 ވަނަ ދުވަސް މިމަހު ދިމާވާނީ ބުރާސްފަތި ދުވަހަކާއިއެވެ. ބުރާސްފަތި ދުވަހު ރޯދަ ހިފައި ކުރިއަށް އޮތް ދެދުވަހު، ހަފްތާ ބަންދު ދެ ދުވަހު ރޯދަ ހިފުމުގެ ފުރުޞަތު މިމަހު ލިބިގެންދާނެއެވެ.
ހަމައެއާއިއެކު ހަނދުމަކޮށްލައި ދިނުމުގެ ގޮތުން ބުނަމެވެ. މުޙައްރަމް މަހުގައި ޤަޟާ ރޯދައެއް ހިފި ނަމަވެސް ސަވާބު އިތުރުވެގެންދާނެއެވެ. ވީމާ މިހައި ތަނަށް ޤަޟާ ނުކުރެވި ރޯދަ ހުރި ނަމަ "އެއްދޮނުގައި ދެބުޅި ޖަހައިލަން" އަވަސްވެލައްވާށެވެ!