ހަނދުމަކޮށްދިނުމެއް!: އާޝޫރާ ދުވަހުގެ ކުރިއަށް ނުވަތަ ފަހަތަށް 1 ދުވަހު ރޯދަހިފަން ޖެހޭ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ހަނދުމަކޮށްދިނުމެއް!: އާޝޫރާ ދުވަހުގެ ކުރިއަށް ނުވަތަ ފަހަތަށް 1 ދުވަހު ރޯދަހިފަން ޖެހޭ ސަބަބު!

"އާޝޫރާ ދުވަހާއިއެކު އެއިގެ ކުރީ ދުވަސް ނުވަތަ ފަހު ދުވަހު ރޯދަ ހިފަން މަސައްކަތް ކުރައްވާށެވެ. އެއިރުން ފާއިތުވި އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެ ކަމަށް ރަސޫލް (ޞޢވ)ވަނީ ޙަދިޘްފުޅު ކުރައްވަވައިފައެވެ."

އާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. ސެޕްޓެމްބަރު މަހުން އެއީ 9 ވަނަ ދުވަހެވެ. ވީމާ އޮތީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ނުވަތަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފުމެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޢިލްމުވެރިން ބަޔާން ކުރައްވަވާގޮތުގައި "ދުނިޔޭގައި ހުންނެވި ނަމަ އަންނަ އަހަރު މުޙައްރަމް މަހުގެ 9 ވަނަ ދުވަހު ރޯދަ ހިއްޕަވާނެ ކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

ބައެއް ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި ޔަހޫދީން އާޝޫރާ ދުވަހު ރޯދަހިފައެވެ. އެހެންކަމުން ޔަހޫދީންނާއި ތަފާތުވުމަށްޓަކައި އެއްދުވަސް ކުރިއަށް ނުވަތަ ފަހަތަށް ރޯދަހިފަންވާނެއެވެ.

ޔަހޫދީން އާޝޫރާ ދުވަހު ރޯދަ ހިފަނީ އެދުވަހަކީ ﷲ ތަޢާލާ ކަނޑަށް ފިރުއަޢުނު ޣަރަޤް ކުރައްވަވައި ފިރުއަޢުނުގެ ކިބައިން ﷲ ތަޢާލާ މޫސާގެފާނާއި މުސްލިމުން ސަލާމަތް ކުރެއްވެވި ދުވަސް ކަމުގައި ފާހަގަކޮށެވެ.

މިއަދު އޮންލައިން