ރަސޫލް (ޞޢވ) ގަނޑުވަރުކޮޅުގައި ހޭދަކުރައްވަވާ ވަގުތުތަކުގައި ކުރެއްވެވީ ކޮން ކަމެއްތޯ ޢައިޝަތުގެފާނަށް ސުވާލު ދެންނެވުނެވެ. ޖަވާބުގައި އަޢިޝަތުގެފާނު ވިދާޅުވީ "އާއިލާއަށް ތަފާތު ޚިދުމަތް ކުރެއްވެވުން ކަމަށެވެ. އަދި ނަމާދު ވަގުތު ޖެހުމުން މިސްކިތްކޮޅަށް ވަޑައިގަންނަވާ ކަމަށެވެ."
މި ބަސްފުޅުން އެނގިގެންދަނީ ރަސޫލް (ޞޢވ) ގަނޑުވަރުކޮޅުގައި ހޭދަކުރައްވަވާ ވަގުތަކުގައި ކުރައްވަވާ ކަމަކީ ޢާއިލާއަށް، އަނބިއަނބިކަނބަލުންނަށް ޚިދުމަތް ކުރެއްވެވުން ކަމެވެ.
ދެން އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ! ތިމާ ގޭގައި ހުރެގެން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ވަގުތު ހޭދަކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟ ނަމާދު ވަގުތު ޖެހުމުން މިސްކިތަށް ދަމު ހެއްޔެވެ؟
--އިސްލާމް އޮންލައިން
ޚަބަރުގައިވާ ފޮޓޯގައި ބުނާފަދައިން މިއަދަކީ ތަފާތު ދުވަހަކަށް ހަދާށެވެ. އަދި މިއަދުން ފެށިގެން ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހަކަށް ހަދާށެވެ. އެންމެ ކުޑަމިނުން އަނބިން ކުރާ ޚިދުމަތުގެ އަގުވަޒަންކުރަން ފަށާށެވެ.