އަލްހިޖުރަ ޖަމިއްޔާއިން "ނުބައި ނިމުމަކުން ނިމިގެން ދިއުން" މައުޟޫއަށް ހުޅުމާލޭގައި ދަރުސެއް ބާއްވަން ނިންމައިފިއެވެ.
ދަރުސް އޮންނާނީ މިމަހުގެ 6 ވާ ހުކުރު ދުވަހުގެ ރޭ 8.30 ގައި ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައެވެ. ދަރުސް ދެއްވާނީ ޝައިކް މުޙައްމަދު އިބްރާހީމް (ނައިފަރު) އެވެ.
ހިޖުރަ ޖަމިއްޔާއިން ބުނެފައިވަނީ ދަރުސް އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުންނާއި ޔޫޓިޔުބް ޗެނެލުން ލައިވް ކުރާނެ ކަމަށެވެ.