"އިއްޔެއަކީ އިސްލާމް ދީނާ ހަނގުރާމަކޮށް، ދިވެހިރާއްޖޭގެ ޤާނޫނުތައް މުގުރާ މީހުންނަކީ މިނިވަން ޚިޔާލުގެ މީހުން ކަމަށް ފައުޅުގައި ބައަކު އިޢުލާނުކުރި ދުވަހެވެ. އެއީ ޤައުމީ ސަލާމަތަށް، އަދި ޤައުމުގެ މިނިވަންކަމަށް ނުރައްކާވާވަރުގެ ޚުތޫރަތްތެރި ވާހަކައެކެވެ.
އެއީ މިޤައުމަށް ވެވޭ ޣައްދާރުވުމެކެވެ."
--ޝައިޚް ޒަމްޒަމް ފާރިޝް (މީގެ 22 ގަޑިއިރު ކުރިން ކުރައްވާފައިވާ ޕޯސްޓެއް.)
ޝައިޚް ޒަމްޒަމް ފާރިޝް ފާހަގަކުރައްވާފައި އެވަނީ މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެއްކި ވާހަކަތަކެވެ.