ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ބޭސްފިހާރައެއް ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 28ސ
ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ބޭސްފިހާރައެއް ހުޅުވައިފި

ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ މިއަދު ބޭސްފިހާރައެއް ހުޅުވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ބޭސްފިހާރަ ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމްއެވެ.

މި ބޭސްފިހާރައިގެ ހިދުމަތް ކޮންމެ ދުވަހަކުވެސް ހެނދުނު ހަތަކުން ރޭގަނޑު އަށަކަށް ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މި ބޭސްފިހާރަ ގާއިމްކޮށްފައިވަނީ ގްރައުންޑް ފްލޯގައެވެ.

 

މިއަދު އޮންލައިން