4 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
4 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފި

4 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް މޯލްޑިވްސް ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުން ތަކުގައި ސޮއިކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ. އަދި ފެން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫގައި ފެނާއި ނަރުދަމާ ގާއިމުކުރުމް މިއަދު ސޮއިކޮށްފައިވާ ރައްތަކަކީ ރ.ކިނޮޅަހާއި، ބ.ގޮއިދޫ ދާއި ނ. ކުޑަފަރީގެ އިތުރުން ނ. މާޅެންދޫގެ އެވެ.

މި މަސައްކަތް އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައިވަނީ 22 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށްށެވެ. 

މިއަދު އޮންލައިން