ކަމެއް ކުރިމަތިވުމުން، މާތް ނަބިއްޔާ (ޞޢވ) އެފަދަ ޙާލަތެއްގަ ކަންތައް ކުރައްވާފައި ވަނީ ކިހިނެއްތޯ ހޯދައި ބަލާށެވެ!: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ކަމެއް ކުރިމަތިވުމުން، މާތް ނަބިއްޔާ (ޞޢވ) އެފަދަ ޙާލަތެއްގަ ކަންތައް ކުރައްވާފައި ވަނީ ކިހިނެއްތޯ ހޯދައި ބަލާށެވެ!: ޝައިޚް ޝަފީޢު

ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކުރިމަތިލުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ. 

ދިރިއުޅުމުގެ ތަފާތު ކަންކަމާ ކުރިމަތިލާނެ އެންމެ ފުރިހަމަ ނަމޫނާއެއް ދޫކުރެއްވި ބޭކަލަކީ އުންމަތުގެ މާތް ނަބިއްޔާ މުޙަންމަދު صلى الله عليه وسلم އެވެ. އެކަން ވަނީ މާތް ﷲ ކީރިތި ޤުރުއާނުގައި ކަށަވަރު ކޮށްދެއްވާފައެވެ. 

އެހެންކަމުން، ތިބާއަށް ކަމެއް ކުރިމަތިވުމުން، މާތް ނަބިއްޔާ صلى الله عليه وسلم އެފަދަ ޙާލަތެއްގައި ކަންތައް ކުރައްވާފައި ވަނީ ކިހިނެއްތޯ ހޯދައި ބަލާށެވެ. ސުންނަތަށް ފުރިހަމަ ގޮތުގައި ތަބާވުމަކީ އެއީއެވެ. ޤުރުއާނަށް ފުރިހަމަ ގޮތުގައި ތަބާވުމަކީ އެއީ އެވެ. ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަން ވަނީ އެކަމުގައެވެ.

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން