ޚަބަރުގައިވާ ކުރު ވީޑިއޯކޮޅު ބައްލަވާލައްވާށެވެ! އޭނާ ވަނީ ޕްރީސްޓެއްގެ ގޮތުގައި 25 އަހަރު ފައްޅީގައި ހޭދަކޮށްފައެވެ. މިއަދު އޭނާ އަކީ 5 ވަގުތު ނަމާދުކުރާ މުސްލިމެކެވެ.
އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާ އިސްލާމް ވީ "ޖީސަސްކްރައިސްޓް"ގެ ސަބަބުންނެވެ. އަދި މިއަދު އޭނާ ވަނީ ހަމައެކަނި ސަލާމަތްކަން ދެއްވެވޭނެ ފަރާތް، ﷲ ތައާލާގެ އަތްޕުޅުތެރޭގައެވެ.
އޭނާ ބުނީ އޭނާގެ މަންމަ މަރުވި ދުވަހު ކެތްކުރުމުގެ ހިތްވަރު ލިބުނީ ނަމާދުގައި ހުންނަފަދައިން ޚުޝޫޢަތްތެރިވެ ހުންނަން ކްލާހަކުން ދަސްވެފައިވާތީއެވެ. އެހެންކަމުން އެކަން އޭނާ ބަލައިގަތީ އެއީ އިސްލާމް ދީނަށް ވަނުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައެވެ.
"މީހުން ކިޔައިފާނެ އެއްޗަކަށް ބަލާކަށް ބޭނުމެއް ނޫން. އަހަރެންނަށް ކުރެވޭ އަމަލުތަކަށް ﷲ ތައާލާގެ ޙަޒްރަތުގައި ޖަވާބުދާރީވާން ޖެހޭނީ އަހަރެންނަށް."
މިއީ އޭބީސީ ނިޔުސް، ނިވްޔޯކުން ތައްޔާރުކޮށްފައިވާ ވީޑިއޯ ކްލިޕެކެވެ.
ޚަބަރުގެ ވީޑިއޯ: