އެމީހެއްގެ ލޮލަށް ފެންނަ ނުބައި ކަންކަން ކުށްވެރި ނުކުރާނަމަ އެމީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އަދި އެކަން ކުށްވެރި ނުކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭ ކަމެކެވެ.
ވީމާ ކިތަންމެ ލޯބިވާ، ކިތަންމެ ގާތް މީހެއްގެ ކިބައިން ނަމަވެސް ނުބައިކަމެއް ފެނިއްޖެ ނަމަ އެކަން ކުށްވެރިކުރަން ޖެހޭނެއެވެ. އަމިއްލަ ގޭތެރެއިން ފެނުނު ނަމަވެސް މެއެވެ. ހިތާމައަކީ ގިނަ ބައަކު މިކަން ބަދަލުކޮށްފައިވާ ކަމެވެ.
މިހާރަކަށް އައިސް ގިނަ މީހުން ކުށްވެރިކުރަނީ އެމީހަކާއި ނުބެހޭ ނުވަތަ ދުރު މީހުންގެ ނުވަތަ އެމީހާ ނުރުހޭ މީހުންގެ ކަންކަމެވެ. އެމީހާ ރުހޭ މީހުންގެ ކަންކަން ކުށްވެރިއެއް ނުކުރެއެވެ. އަޅައިވެސް ނުލައެވެ.
އެހެން ނުހަދާށެވެ! ފެންނަ ނުބައި ކަންކަން ކުށްވެރި ކުރުމުގައިވެސް ﷲ ތަޢާލާއަށް ތެދުވެރިވާށެވެ! އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވާށެވެ! ފެންނަ ނުބައި ކަންކަން ކުށްވެރި ކުރުމަކީ ވަކި މީހަކުގެ ކިބައިން ފެނުމުން ކުރަންޖެހޭނެ ކަމެއް ނޫނެވެ. ރަސޫލް (ޞޢވ) ވަނީ މިކަމުގައި އަމަލުކުރަންޖެހޭނެ ގޮތް ޙަދީޘްފުޅު ކުރައްވަވައިފައެވެ.
މުންކަރާތެއް ފެނިއްޖެ ނަމަ އެމީހެއްގެ ކިބައިގައި ކުޅަދާނަކަން ހުރި މިންވަރަކުން ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އަތުން ދުލުން ނުވަތަ ހިތުން ނަމަވެސް އެކަމެއް ކުށްވެރިކޮށް ހުއްޓުވަން މަސައްކަތް ކުރުމަށް ވަނީ އަންގަވައިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކަން މިފަދައިން އޮތް އިރު ޕާޓީ ރޫޙާއި ވަޒީފާ ހޯދުމުގެ ރޫޙް އުފެދި މިއަދު އަމަލުކުރެވެމުން މިދާ ގޮތާއިމެދު ވިސްނައިލުން ބުއްދިވެރިއެވެ.