އަޝޫރާ ދުވަހުގެ ރޯދަ ހިފަން އެންމެ ރަނގަޅު ގޮތަކީ 9،10،11 ތިން ދުވަހު ރޯދަ ހިފުމެވެ. ނޫން ނަމަ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފުމެވެ. އެންމެ ގިނަ ޙަދީޘްފުޅުގައި އޮތީ މިގޮތަށެވެ.
10 ވަނަ ދުވަހު އެކަނިވެސް ރޯދަ ހިފިދާނެއެވެ.
"އާޝޫރާ ދުވަހުގެ ރޯދައަކީ ކުރީ އަހަރު ކުރެވިފައިވާ ފާފަތަކުގެ ކައްފާރާއަކަށްވުމަށް ތިމަން ކަލޭގެފާނު އުންމީދު ކުރައްވަމެވެ." ޙަދީޘް
މާދަމާއަކީ މިއަހަރުގެ މުޙައްރަމް މަހުގެ 9 ވަނަ ދުވަހެވެ. ވީމާ އާޝޫރާ ދުވަހުގެ ކުރީ ދުވަހުން ފަށައިގެން ރޯދަ ހިފާނަމަ މާދަމާ (ސެޕްޓެމްބަރުމަހުގެ 8 ވަނަ ދުވަހު) ރޯދަ ހިފަންވާނެއެވެ.
