ބްރިޖުގެ މަސައްކަތަށް އުސްފަސްގަނޑުގައި އަޅާފައިހުރި އިމާރާތްތައް ނަގަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ބްރިޖުގެ މަސައްކަތަށް އުސްފަސްގަނޑުގައި އަޅާފައިހުރި އިމާރާތްތައް ނަގަނީ!

ބްރިޖުގެ މަސައްކަތަށް ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއިން އުސްފަންގަނޑުގައި އަޅާފައި ހުރި އިމާރާތްތައް ނަގަން ފަށައިފިއެވެ.

އުސްފަންގަނޑުގައި އަޅާފައި ހުރި އިމާރާތްތަކަކީ ބްރިޖުގެ މަސައްކަތް ކުރުމުގައި އުޅުނު މީހުންގެ އެކޮމޮޑޭޝަންއާއި ކުންފުނީގެ އޮފީސް ހިންގުމަށް ބޭނުންކުރި ގެ ތަކެކެވެ.

ސީސީސީސީ ބުނެފައިވަނީ ބްރިޖު މެއިންޓެއިންކުރުމުގެ މަސައްކަތް ކުރާ އެކުންފުނީގެ މުވައްޒަފުން ދެން ތިބޭނީ ހުޅުމާލޭގައި ކަމަށެވެ.

ބްރިޖުގެ މަސައްކަތް ކުރުމަށް ސީސީސީސީ ގެ 1000 އެއްހައި މުވައްޒިފުން ވަނީ މަސައްކަތްކޮށްފައެވެ.

 

 

މިއަދު އޮންލައިން